އެޗްޑީސީ-- ފޮޓޯ: ވޮއިސް
ވިޔަފާރި
10 Jul 2024 | 16:01
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެޗްޑީސީއަށް 3.23 ބިލިއަން ރުފިޔާގެ ގެއްލުން!

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 3.23 ބިލިއަން ރުފިޔާގެ ގެއްލުންވެއްޖެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އާއްމުކުރި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދައުލަތުގެ ކުންފުނިތަކުގެ މާލީ ރިވީއު ރިޕޯޓްގައިވާ ގޮތުން، އެޗްޑީސީ އަށް ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 1.47 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އެ އަހަރުގެ ތިން ވަނަ ކުއާޓަރަށް ވުރެ 704 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އޭގެ ކުރީއަހަރުގެ ފަހު ކުއާޓަރުގައި އެޗްޑީސީއަށް ލިބުނީ، 517.86 މިލިއަނެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި 955.88 މިލިއަން ރުފިޔާ އިތުރުވުމާއިއެކު، 185% އަށް މި އަދަދު ވަނީ ކުރިއަރާފައެވެ.

އެހެންނަމަވެސް، މިދިޔަ އަހަރު އެޗްޑީސީ ހިންގުމަށް ކުރި ހަރަދުތަކުން އެބައި އުނިކޮށްލުމުން ކުންފުންޏަށް ލިބުނީ ބޮޑު ގެއްލުމެކެވެ. އެގޮތުން ގްރޮސް ޕްރޮފިޓްގެ ގޮތުގައި ލިބުނު 693 މިލިއަން ރުފިޔާ އިން ހަރަދުތައް އުނިކުރުމުން އެ ކުންފުންޏަށް ވަނީ 3.25 ބިލިއަން ރުފިޔާގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ.

އެ ކުންފުޏަށް މިފަދަ ގެއްލުމަކާއި ކުރިމަތިލާން ޖެހުނު ތިން ސަބަބެއް ކަމުގައި ކުުންފުނިން ބަޔާންކުރީ:

1. ބިންވެރިޔާ ސްކީމަށް ހުޅުމާލެ ފޭސް 3 އިތުރުކުރެވުމާއިއެކު، ޔޮޓް މެރީނާގެ ސަރަހައްދުން ލިބޭނެ ފައިދާ އުނިކުރަން ޖެހުމުގެ ސަބަބުން

2. ހިޔާ އަދި އެހެނިހެން ސޯޝަލް ހައުސިންގ ކަސްޓަމަރުން ކުންފުންޏަށް ފައިސާ ނުދެއްކުމުގެ ސަބަބުން 

3. ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވުނު ބިންތަކަށް ހެދުނު އިމްޕެއަރމަންޓް ޕްރޮވިޝަންގެ ސަބަބުން

މީގެ އިތުރުންވެސް އެޗްޑީސީން ފާހަގަކުރި ގޮތުގައި، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ޖޫރިމަނާތައް މައާފުކުރުމުގެ ސަބަބުން އެ ކުންފުނީގެ އިދާރީ ހަރަދުތައް 344 މިލިއަން އިތުރުވުމާއި، ހިޔާ ޕްރޮޖެކްޓަކީ ގެއްލުންވާނެ ކޮންޓްރެކްޓެއްގެ ގޮތުގައި ބަލައިގަތުމުގެ ސަބަބުން ވެސް ގެއްލުންތަކެއް ލިބުނުކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.