އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރި ހޮޓާ-- ފޮޓޯ: ފަޔާޒް މޫސާ
ވިޔަފާރި
13 Jul 2024 | 11:55
އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރި ހޮޓާ ދޫކޮށްލަނީ

އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފަސް ތަރީގެ ހޮޓާ ދޫކޮށްލުމަށް އެކުންފުނިން ނިންމައިފިއެވެ.

އެސްޓީއޯއިން މިފަދައިން ނިންމާފައިވާކަން ހާމަކޮށްފައިވަނީ ރޭގައި ބޭއްވި އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ.

އެގޮތުން މި ޖަލްސާގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ޝިމާދު އިބްރާހިމް ވިދާޅުވީ، އިތުރު އެސެޓްތައް ގަތުމާއިއެކު އެސްޓީއޯއާ ނުގުޅޭ ބައެއް ވިޔަފާރިތައް ދޫކޮށްލުމަކީ މުހިންމު ކަމެއް ކަމަށެވެ.

ހުޅުމާލޭގައި ހަދާފައިވާ ހޮޓެލުގެ މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް ހޯދިފައި ނުވާ ކަމަށާއި، އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް އެޗްޑީސީއާއިއެކު ކުރަމުންގެންދާ ކަމަށް ވެސް ޝިމާދު ވިދާޅުވިއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރި މި ހޮޓެލަކީ ރެޑިސަން ބްލޫއާއެކު އެސް.ޓީ.އޯއިން ޤާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ޑޮލަރުން ލިބޭ އާމްދަނީ އިތުރު ކުރުމުގެ އަމާޒުގައި، ޓޫރިޒަމް ދާއިރާއަށް ވަނުމަށްޓަކައި ތަރައްޤީކުރަމުންދިޔަ ހޮޓަލެކެވެ.

2006 ވަނަ އަހަރު ތެރޭގައި ތަރައްގީ ކުރުމަށް ނިންމި މިހޮޓަލް ހިންގަން ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އެސްޓީއޯއިން މީގެ ކުރިން އިއުލާނުކުރިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
Ahmed Rasheed Rasheed
ތިޔައީ ވަރަށް ގިނައިން އެސް.ޓީ އޯ އިންކުރާކަމެއް. ދެން އަވަހަށް އަޑި އަޑިން ގުޅިފަ އޮންނަ މީހަކަށް ނުއަގުގަ ތަން ވިއްކާލާ. ޢެހިސާބުން އެ ނިމުނީ. ލަނކާ އިން ގަތް ސައިފަތް ދަނޑަށްވެސް ހެދީހަމަ މިހެން.
13 Jul 2024
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.