ރައީސް ޑރ.މުޙައްމަދު މުޢިއްޒު: ފޮަޓޯ/ ރައީސް އޮފީސް
ހަބަރު
14 Jul 2024 | 12:24
ޓްރަމްޕަށް ދެވުނު ހަމަލާ ރައީސް މުޢިއްޒު ކުށްވެރި ކުރައްވައިފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެމުނު ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ރައީސް މުޢިއްޒު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި އެއްވެސް ބާވަތެއްގެ އަނިޔާވެރިކަމަކަށް ޖާގައެއް ނޯންނާނެ ކަމަށާއި، ކޮންމެ ތަނެއްގައި ހިނގި ކަމުގައިވިޔަސް އަނިޔާވެރި ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި، އޭނާގެ އާއިލާއަށާއި، އަދި މި ހަމަލާގައި އަނިޔާ ލިބުނު އެހެން ފަރާތްތަކަށް އެމަނިކުފާނުގެ ހެޔޮ އެދުންތަކާއި ދުޢާ އޮތް ކަމަށެވެ.

ޕެންސިލްވޭނިއާގެ ބަޓްލޭގައި ބޭއްވުނު ކެންޕެއިން ރެލީގެ ތެރެއިން، ޓްރަމްޕް ސްޓޭޖުގައި ޗާޓެއް ދައްކަމުންދަނިކޮށް އޭނާގެ ކަނާއަތު ކަންފަތަށް މީހަކުވަނީ ބަޑި ޖަހައިފައެވެ. އެއާއެކު، ސީކްރެޓް ސަރވިސްގެ އޭޖެންޓުން ސްޓޭޖަށް އަރައި، ސްޓޭޖުގެ ފަހަތަށް ޓްރަމްޕް ގެންދެވުފައިވާތަން ވީޑިއޯއިން ފެނުނެވެ. 

މިހާދިސާއަށްފަހު ޓްރަމްޕް ކެމްޕޭން އޮފީހުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ "ރަނގަޅު" ކަމަށެވެ. 

މީގެ އިތުރުން، ބަޑިޖެހި މީހަކާއި އެ ރެލީއަށް ދިޔަ މީހަކު މަރުވެފައިވާކަމަށް ބަޓްލަރ ކައުންޓީގެ ޑިސްޓްރިކްޓް އެޓަރނީ ބުނެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. 

މި ހާދިސާއާއި ގުޅުގެން އެކިއެކި ސިޔާސީ ލީޑަރުން އަންނަނީ ޓްރަމްޕަށް ހިތްވަރުދީ މެސެޖުތައް ފޮނުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.