ދިރާގު ޓެކާސް ރިސޯޓު ކަޕް 2024 ފެށުން-- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް
ވިޔަފާރި
16 Jul 2024 | 15:59
ދިރާގު ޓެކާސް ރިސޯޓު ކަޕް 2024 ކްރޮސްރޯޑްސް މޯލްޑިވްސްގައި ފަށައިފި

ދިރާގު ޓެކާސް ރިސޯޓު ކަޕް 2024 ކްރޮސްރޯޑްސް މޯލްޑިވްސްގައި ފަށައިފިއެވެ.

މިއީ މި މުބާރާތް ކުޅޭ ތިންވަނަ އަހަރުކަމަށް ވާއިރު، މި މުބާރާތާއި ގުޅޭގޮތުން ދިރާގުން ބުނީ، މިއީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ކަލަންޑަރުގައި ވަރަށް މުހިންމު މުބާރާތަކަށް ވެފައިވާ ކަމަށާއި، މި މުބާރާތުން ރިސޯޓުތަކުގެ މުވައްޒަފުންގެ ހުނަރާއި ވާދަވެރިކަން ދައްކުވައިދޭކަމަށެވެ.

މާލެ އަތޮޅުގެ ދެކުނުގައިވާ އެކި ރިސޯޓުތަކުގެ ޓީމުތަކުން ބައިވެރިވާ މި މުބާރާތުގެ ފުރަތަމަ މެޗު އިއްޔެ ކްރޮސްރޯޑްގައި ފަށާފައިވާއިރު، ޚާއްސަ މެހެމާނެއްގެ ގޮތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަލްފާޟިލް ޢަބްދުﷲ ރަފީޢު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މިނިސްޓަރ ރަފީޢުގެ އިތުރުން ކްރައުން ކޮމްޕެނީގެ ފައުންޑަރ އަދި ޑިރެކްޓަރ އަދި މާޓީގެ ސެކްރެޓަރީ ޖެނެރަލް، އަލްފާޟިލް އަޙްމަދު ނަޒީރާއި، ޓައިޓަލް ޕާޓްނަރ، ދިރާގުގެ ފަރާތުން ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، އަލްފާޟިލް މުޙައްމަދު މިރްޝާން ޙަސަން ވެސް މެހެމާނުންގެ ގޮތުގައި ބައިވެރިވިކަމަށް ދިރާގުން ބުނެއެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރޭގައި މިނިސްޓަރ އަބްދުﷲ ރަފީއުއާއިއެކު ފިޓްނަސް އެންޑް ރެކްރިއޭޝަނާއި، ކުރީގެ ޤައުމީ ޓީމުގެ ކުޅުންތެރިޔާ، އެފްއޭއެމްގެ ނައިބު ރައީސް އަދި މަޝްހޫރު ފޯވަޑް އަލީ އުމަރު ހިމެނޭ ތަރިންގެ ޓީމާ ދެމެދު ޚާއްޞަ ޗެރިޓީ މެޗެއް ކުޅެވުނުކަމަށް ދިރާގުން ބުނެއެވެ.

މި ރަސްމިއްޔާތުގައި ޓެކާސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޝްމީ ރަޝީދު އާއި ދިރާގުގެ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސްގެ ޑިރެކްޓަރ މުޙައްމަދު މިރްޝާން ޙަސަން ދެއްކެވި ވާހަކަފުޅުގައި އެބޭފުޅުން ވަނީ މުޖުތަމަޢުއެއްގެ އިޙްސާސް އުފެއްދުމުގައި ކުޅިވަރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ދިރާގުން ބުނީ، ފޯރިގަދަ ގިނަ މަޗުތަކެއް ކުޅެވޭ މި މުބާރާތް ނިމިގެންދާނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުޅޭ ފައިނަލް މެޗަކުން ކަމަށެވެ. ދިރާގު ޓެކާސް ރިސޯޓް ކަޕް ސައުތު ކާފު ޓްރޮފީއަށް ޓީމުތަކުން ވާދަކުރާއިރު، މުބާރާތުގެ ތެރެއިން ފާހަގަކޮށްލެވޭ ޕަރފޯމަންސްތަކާއި، ރޭވުންތެރި ކުޅުންތެރިކަމާއި، ގިނަ ގޯލުތަކެއް ކުޅިވަރަށް ލޯބި ކުރާ ފަރާތްތަކަށް ފެނިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.