އެމްއައިބީގެ އާ ހިދުމަތްތައް ތައާރަފްކުރުން-- ފޮޓޯ: އަދަދު
ވިޔަފާރި
20 Jul 2024 | 15:41
އެމްއައިބީގެ ބިޒްނަސް ބޭންކިންގެ ޑިޖިޓަލްކޮށް، އޯވާޑްރާފްޓް ފެސިލިޓީގެ ހިދުމަތް ތައާރަފްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބިޒްނަސް ބޭންކިންގެ ހިދުމަތްތައް ޑިޖިޓަލްކޮށް، އޯވާޑްރާފްޓް ފެސިލިޓީގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

"ބްރޭކިން ބެރިއާސް" ގެ ނަމުގައި އެމްއައިބީ އިން ބޭއްވި ހަފްލާއެއްގައި އެ ކުންފުނިން ބިޒްނަސް ބޭންކިންއަށް މުޅިން އަލަށް ތައާރަފްކުރި ހިދުމަތްތައް ލޯންޗުކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.

އެމްއައިބީއިން އަލަށް ތައާރަފްކުރި ހިދުމަތްތަކާއި އެކު ވިޔަފާރިތަކަށް ބޭންކް އެކައުންޓު ހުޅުވުމުގެ ހިދުމަތް އެއްކޮށް ޑިޖިޓަލްކޮށް، ރައްކާތެރިކަމާއެކު އެކައުންޓު ހުޅުވެ އެވެ. އަދި ޝަރިއާ ކޮމްޕްލަޔަންޓް ސްޓްރަކްޗާގެ ދަށުން އެމްއައިބީން ބިޒްނަސް ބޭންކިންގެ ކަސްޓަމަރުންނަށް އޯވާޑްރާފްޓް ކުރެވޭ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.

އެމްއައިބީއިން އަލަށް ތައާރަފް ކުރި ހިދުމަތްތައް:

1) ބިޒްނަސް އެކްސްޕެންސް ކާޑު- ފަސޭއިން ޕެޓީކޭޝް މެނޭޖުކޮށް، ޓޮޕްއަޕް ކުރެވޭ ގޮތް ހެދުން.

2) ވިޔަފާރިތަކަށް އެމްއެމްއޭގެ "ފަވަރަ" އިން ބަލްކް ޓްރާންސްފާގެ ހިދުމަތް ދޭން ފެށުން.

3) ޝެޑިއުލްކޮށްގެން ޓްރާންސެކްޝަންތައް ކުރެވެން ފެށުން.

4) މުސާރަ ކޯޑު މެދުވެރިކޮށް، ވިޔަފާރިތަކަށް މުސާރަތައް ކޮންމެ ބޭންކަކަށް ޖަމާކުރެވެން ފެށުން.

5) ވިޔަފާރިތަކަށް "ފަވަރަ" އިން ހުރިހާ ބެންކަކަށް ފައިސާ ދެއްކެން ފެށުން.

އޭގެއިތުރުން ބިޒްނަސް ބޭންކު ހުޅުވާ ގަޑިވެސް ހެނދުނު 8:30 އިން ހަވީރު 4:00 ޖަހަންދެން އިތުރުކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.