ރާއްޖޭގެ ފުރަތަމަ ނިޔުރޯ ސާޖަން ޑރ ޢަލީ ނިޔާފް:
ހަބަރު
22 Jul 2024 | 12:34
ނިޔުރޯސާޖަން ޑރ. ޢަލީ ނިޔާފް އޭޑީކޭއިން ވަކިވެވަޑައިގެން އައިޖީއެމްއެޗަށް

އޭޑީކޭގައި މަސައްކަތް ކުރައްވަމުންދިޔަ، ރާއްޖޭގެ ފުރަތަމަ ނިޔުރޯސާޖަން ޑރ. އަލީ ނިޔާފް އެ ހޮސްޕިޓަލުން ވަކިވެވަޑައިގެންފި އެވެ.

މިކަން ހާމަކޮށް، އޭޑީކޭ ހޮސްޕިޓަލުން 'އެކްސް'ގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ، ފާއިތުވެދިޔަ 9 އަހަރާއި 10 މަސްދުވަހު، ޑރ. ޢަލީ ނިޔާފު އެ ހޮސްޕިޓަލަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އަދި އެ ހޮސްޕިޓަލުގެ ނިޔުރޯ ސާޖަރީ ޑިޕާޓުމެންޓްގެ ކުރިއެރުމުގައި ޑރ. ނިޔާފުގެ މިންނެތް މަސައްކަތް ފާހަގަކޮށް އޭޑީކޭ އިން ވަނީ، އެ ހޮސްޕިޓަލަށާއި އެ ހޮސްޕިޓަލުގެ ނިޔުރޯސާޖަރީ ޑިޕާޓުމެންޓުގައި ނިޔާފަށް ޚާއްސަ މަގާމެއް ވާނެ ކަމަށާ، އޭނާ އަކީ އެތަނުގެ އަގުހުރި، ޑޮކްޓަރެއް ކަމަށް ބުނެފައެވެ. 

"ކާމިޔާބު ކުރިމަގަކަށް އެދެމެވެ،" އޭޑީކޭގެ މެނޭޖުމެންޓާއި މުވައްޒަފުންގެ ފަރާތުން ނިޔާފަށް ޝުކުރު އަދާކޮށް، ކޮށްފައިވާ ޕޯސްޓުގައިވެ އެވެ.

ނިޔާފު އޭޑީކޭ އިން ވަކިވެވަޑައިގެންފައިވަނީ އައިޖީއެމްއެޗުގައި މަސައްކަތް ކުރެއްވުމަށެވެ. 

ނިޔާފް އޭޑީކޭއިން ވަކިވެ، އައިޖީއެމްއެޗާއި ގުޅެން ނިންމުމާއި ގުޅިގެން އޭނާގެ ބޭބެ، އަދި އޭޑީކޭގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަބްދުالله ނިޔާފު ވަނީ ނިޔުރޯސާޖަން ނިޔާފާ އެކު އައިޖީއެމްއެޗުގެ ނިޔުރޯސާޖަރީ ޑިޕާޓުމެންޓަށް ކުރިއެރުން އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޑރ. ނިޔާފް އަކީ ރާއްޖޭގެ ފުރަތަމަ ނިޔުރޯސާޖަން އެވެ. އޭނާ ވަނީ އެމެރިކާ، ރަޝިއާ، އިންޑިއާ، ބްރެޒިލް، ނޭޕާލް އަދި އެހެން ގިނަ ގައުމުތަކަކުން ވެސް ތައުލީމާއި ތަމުރީނު ހާސިލުކުރައްވައިފައެވެ. އަދި، 2،000 އަށްވުރެ ގިނަ ނިއުރޯސާޖަރީ ކާމިޔާބުކަމާ އެކު ފުރިހަމަކުރައްވާފައިވެއެވެ.

ޑރ. ނިޔާފް މާލޭގައި ހުންނަ ނިޔުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީގައި މިއަދުން ފެށިގެން ބައްލަވާނެކަމަށް އެ ކްލިނިކުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Sep 2026
ދިރާގުގެ އިތުރު ހިއްސާއެއް ސަރުކާރަށް ގަތުމަކީ ބޭކާރު ޚަރަދެއް: ނަޝީދު
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ދިރާގަކީ ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނުފޯރާ، ރައްޔިތުންގެ ހަމައެކަނި ކުންފުންޏެވެ. އޭގެ ސަބަބަކީ އެ ކުންފުނި ޕްރައިވެޓައިޒް ކޮށްފައިވުމާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އެ ކުންފުނީގައި ނެތުމެވެ.
07 Sep 2026
ބުޅަލަށް ކާންދޭ މައްސަލަ ބޮޑު ބަހުސަކަށް؛ ބުޅާތަކުގެ ހައްގުގައި އެއްވުމެއް!
މާލެ ސަރަޙައްދުގައި ބުޅާ ގިނަވެ، އެ ތަކެއްޗަށް ކާންދިނުމާއި ބެލެހެއްޓުމުގެ މައްސަލައަކީ އަބަދުވެސް އާންމުންގެ މެދުގައި ހޫނު ބަހުސެއް ހިނގާ ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް މީސްމީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން މި މައްސަލަ މިވަނީ އިންތިހާއަށް ހޫނުވެ، ބޮޑު އިޖުތިމާޢީ ކަންބޮޑުވުމަކަށް ބަދަލުވެފައެވެ. އެއްބަޔަކު ޖަނަވާރުންގެ ހައްގުތަކާއި ކުލުނުގެ ވާހަކަ ދައްކާއިރު، އަނެއް ބަޔަކު ފާހަގަކުރަނީ އާންމު ސާފުތާހިރުކަމާއި ސިއްހީ ނުރައްކާތަކުގެ ވާހަކައެވެ.
07 Sep 2026
އަންނަ މަހުން ފެށިގެން މުއްސަނދިންނަށް އާސަންދަ ދޭ އުސޫލް ބަދަލުކުރަނީ
އެގޮތުން އާމްދަނީގެ ގޮތުގައި 65،000 މަތީގެ މުސާރަ ލިބޭ ފަރާތްތަކަށް މިހާރު ލިބޭގޮތަށް އާސަންދަ ދެމުން އަންނަ ގޮތް ބަދަލުވާނޭކަމަށް ރައީސް ވިދާޅުވިއެވެ
07 Sep 2026
ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި
އެމްޑީޕީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދައި، ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ %51 އަށް ބޮޑު ކުރުމަށް ނިންމައިފިއެވެ.
07 Sep 2026
ފެނަކައާއި އާރްޑީސީ އުވާލާ، މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއަށް
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ އުވާލައި، ދެ ކުންފުނީގެ މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.
07 Sep 2026
އޭޑީކޭއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ސާޖަރީ ކުރަން ފަށައިފި
އޭޑީކޭގެ ޗެއާމަން ނާޝިދު ސިފަކުރެއްވީ މިކަމަކީ، އީ ޞިއްޙީ ޚިދުމަތް ހޯދުމުގައި ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ހެދުމަށް އެޅުނު ބޮޑު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
07 Sep 2026
ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް
އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ.
07 Sep 2026
ފެނަކަ އަދި ހޮސްޕިޓަލް އޭ އަށް ވިދިވިދިގެން ތިންވަނަ މޮޅު
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް" ގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުތަކުން ފެނަކަ އަދި ހޮސްޕިޓަލް އޭ ޓީމު މޮޅުވެއްޖެއެވެ.