ޢަބްދުއްރަހީމް ޢަބްދުﷲ ޖަލްލާގައި ވާހަކަދައްކަވަނީ... ފޮޓޯ/ވޮއިސް
ހަބަރު
06 Aug 2024 | 22:21
ރައްޔިތުންގެ ނަމުގައި، ޖަމީލް އާއި މަލީހުއަށް ވާހަކަދެއްކުމުގެ ހައްޤު ލިބިގެންވޭތޯ އަދުރޭ ސުވާލު އުފައްދަވައިފި

ދިވެހި ރައްޔިތުންގެ ނަމުގައި މަލީހު އާއި ޑރ.ޖަމީލުއަށް ވާހަކަދެއްކުމުގެ ހައްޤު ލިބިގެންވޭތޯ، ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސުވާލު އުފައްދަވައިފިއެވެ.

މަލީހު އާއި ޑރ.ޖަމީލް، ރައީސް ޑރ.މުއިއްޒު އަށާއި، ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނަށް އަމާޒުކޮށް ދައްކަމުންގެންދާ ވާހަކަތަކާ ގުޅޭގޮތުން ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ޑިމޮކްރަސީއެއްގައި ތާއީދު އޮންނަކަން އެނގެނީ ރައްޔިތުން ނަގާ ވޯޓުން ކަމަށާއި، މިހާތަނަށް ފެނިގެންދިޔަ އިންތިހާބުތަކުން މަލީހު އާއި ޖަމީލުއަށް އެކަން ދެއްކިފައި ނެތްކަމަށެވެ. 

ޑރ.ޖަމީލަކީ ސަރުކާރުގެ ވަރަށް މަތީ މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ، އެންމެފަހުން ވިލިމާލެ ދާއިރާގެ މެމްބަރުކަމަށް ކުރިމަތިލައިގެން އެ ދާއިރާގެ ރައްޔިތުންގެ ތާއީދެއް ނުލިބުނު ކަމަށެވެ. ހަމަ އެގޮތަށް މަލީހް އަމިއްލަ ރަށަށް ލައިގެންވެސް އެކަށީގެންވާ ވަރާ ގާތަށްވެސް ވޯޓު ނުލިބުނުކަމަށް އަދުރޭ ވިދާޅުވިއެވެ.

ލީޑަރަކު ލީދަރަކަށް ވަނީ ފަހަތުގައި މީހުން ތިބީމައި. އިހުލާސްތެރި ބަޔަކު ތިބީމައި ލީޑަރަކަށް ވަނީ. އެ ލީޑަރެއްގެ އަގު ހިފަހައްޓައިދޭނެ ބަޔަކު ތިބީމައި ލީޑަރަކަށް ވަނީ

ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވިއެވެ. 

އަދުރޭ ވިދާޅުވީ ރައްޔިތުންގެ ނަމުގައި މަލީހު އާއި ޑރ.ޖަމީލަށް ވާހަކަދެއްކުމުގެ އެއްވެސް ހައިސިއްޔަތެއް މިއަދު ނެތްކަމަށެވެ. މި ޖަލްސާގައި އެ ދެބޭފުޅުންނަށް އަމާޒުކުރައްވައި އަދުރޭ ވިދާޅުވީ، މަލީހަކަސް އަދި ޑރ.ޖަމީލަކަސް "ސިޔާސީ ކުޅިބައި" އެމަނިކުފާނާ އެއް ފެންވަރަކަށް އަތުރަން ނޭނގޭނެ ކަމަށާއި، އޭގެ އެއް ހެތްކަކީ، މިއަދު ރައީސް ކަމުގެ މަޤާމުގައި ޑރ.މުއިއްޒު ހުންނެވުން ކަމަށެވެ.

މި ރޭގެ ޖަލްސާގައި އަދުރޭ، މަލީހު އާއި ޑރ.ޖަމީލަށް ބަހުގެ ހަމަލާތަކެއް ފޮނުވާލާފައިވާއިރު، އެ ދެ ބޭފުޅުންވެސް ސިޔާސީގޮތުން އެންމެބޮޑަށް ފާޑުވިދާޅުވަމުން ގެންދަވަނީ، އަދުރޭގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން އަދި މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަށްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.