މީރާ--
ވިޔަފާރި
07 Aug 2024 | 12:57
ދައުލަތަށް އާމްދަނީގެ ގޮތުގައި މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: މީރާ

އާމްދަނީގެ ގޮތުގައި އެކި ފަރާތްތަކުގެ އަތުން ދައުލަތުގެ ބައިތުލްމާލަށް، ޖުމްލަ 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ، ނުލިބި އެބައޮތްކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ނެރުނު މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓްގައިވާގޮތުން، ސަރުކާރުގެ ހިއްސާއޮންނަ ކުންފުނިތަކުންނާއި އަމިއްލަ ވިޔަފާރިތަކުން މީރާއަށް 5.5 ބިލިޔަން ރުފިޔާ ޓެކްސް ގެ ގޮތުގައި ލިބެން ޖެހޭއިރު، ޓެކްސްގެ އިތުރުން އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 4.4 ބިލިޔަން ރުފިޔާ ލިބެން ޖެހެއެވެ.

ޓެކްސް ގެ ގޮތުގައި މީރާއަށް ލިބެންޖެހޭ ފައިސާ:

1) އިންކަމް ޓެކްސް – 868 މިލިޔަން ރުފިޔާ

2) ޓީޖީއެސްޓީ – 1.3 ބިލިޔަން ރުފިޔާ

3) ޖީޖީއެސްޓީ – 2.4 ބިލިޔަން ރުފިޔާ

4) އެހެނިހެން ޓެކްސް – 918 މިލިޔަން ރުފިޔާ

ޓެކްސް ނޫން އާމްދަނީން ލިބެންޖެހޭ ފައިސާ:

1) ރިސޯޓުތަކުގެ ކުލި – 4.2 ބިލިޔަން ރުފިޔާ

2) އެހެނިހެން – 187 މިލިޔަން ރުފިޔާ  

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޓެކުހުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބެންޖެހޭއިރު، ޓެކްސް ނޫން އެހެނިހެން އާމްދަނީގެ  21 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިވާކަމަށް މީރާގެ ރިޕޯޓުން ދައްކައެވެ.

މި ރިޕޯޓަށް ބަލާއިރު، ޓެކުހާއި ގުޅޭ 1029 މައްސަލައެއްގައި ޖޫރިމަނާ މާފްކޮށްދީފަައިވާއިރު، މައާފްކުރި ޖޫރިމަނާގެ އަގު ގާތްގަނޑަކަށް 63 މިލިއަން ރުފިޔާއަށް އަރައެވެ.

މީގެ އިތުރުންވެސް ޓެކްސް ނުދެއްކުމުގެ ސަބަބުން ކޯޓަށް މައްސަލަތައް ހުށަހަޅައިގެން މީރާއިން ކުރި މަސައްކަތުގެ ތެރެއިން އެ އިދާރާއިން 639 މިލިޔަން ރުފިޔާ ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.