ދިވެހިރާއްޖޭގެ ހައިކޯޓް...
11 Aug 2024 | 14:43
ސަރުކާރު މަޤާމެއްގައި ހުރި މީހަކު ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވައިފިނަމަ ވަކުކުރާނަން: ރައީސް

މި ސަރުކާރު މަޤާމެއްގައި ހުރި މީހަކު ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ނުފޯރުވާނޭ ކަމަށާއި އެފަދަ މީހަކު ސަރުކާރުގެ ތެރޭގައި ހުރެއްޖެނަމަ މަޤާމުން ވަކިކުރާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލާ ބައްދަލުކުރެއްވުމަށްފަހު އެތަނުން ނިކުމެވަޑައިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ސަރުކާރަށް ނިސްބަތްވާ އެއްވެސް މީހަކު، ޝަރުއީ ދާއިރާގެ ތެރެއަށް އެއްވެސް ވަރަކަށް ނުފޫޒު ނުފޯރުވާނޭކަމަށެވެ. އަދި ސަރުކާރަށް ނިސްބަތްވާ މީހަކު އެފަދަ ކަމެއް ކޮށްފިނަމަ ވަކިކުރެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އޮފީހުންނެއް އަދި ސަރުކާރުގެ އެއްވެސް ލެވެލްއަކުން ޝަރުއީ ނިޒާމުގެ ތެރެއަށް އެއްވެސް ވަރަކަށް ނުފޫޒު ނުފޯރުވާނެ

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައީސް ޔާމީނުގެ ޝަރީއަތަށް ސަރުކާރުން އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާފައި ނުވާނޭކަމަށެވެ. ސަރުކާރުގެ ތެރެއިން އެކަހަލަ ކަންކަމަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު އެއްވެސް ވަރަކަށް ތަހައްމަލު ކުރާނޭ ކަންތައްތަކެއް ނޫންކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އަމަލުކުރައްވަމުން ގެންދަވަނީ އިންތިހާބު ދުވަސްވަރު ރައްޔިތުންނަށް ވީ ވައުދާ އެއްގޮތަށް ކަމަށާއި، އެނޫން ގޮތަކަށް މިހާތަނަށް އެއްވެސް ކަމެއް ކޮށްފައި ނުވާނޭކަމަށެވެ. 

ރައީސް ޔާމީނުގެ ޝަރީއަތަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނޭކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ޕީއެންއެފުން ކުރިއަށްގެންދާ ޖަލްސާތަކުގައި ކުރީގެ ރައީސް ޔާމިނު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވަމުން ގެންދަވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަންކަން އެމަގުން ކުރައްވާ މީހުންވެސް އެނގޭކަމަށް ރައީސް ޔާމިނު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ބޯހަލާކު
ހުސް ބުހުތާން ދޮގު
11 Aug 2024
ގުޅޭ ލިޔުންތައް
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.