ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ...
ހަބަރު
12 Aug 2024 | 14:41
މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގި މަޝްރޫޢުއަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެބޮޑު ހިޔާނާތް: ފަލާހު

ކުރީގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގި މަޝްރޫޢުއަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެބޮޑު ހިޔާނާތްކަމަށް ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ހާޒިރުކުރުމާއި ގުޅޭގޮތުން ޕީއެންސީ ޕީޖީ ގްރޫޕުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ނަމުގައި މިދިޔަ ސަރުކާރުން ގެންދިޔައީ ބޮޑު ހިޔާނާތުގެ މަޝްރޫޢުއެއް ކަމަށެވެ. މިއީ މިހާތަނަށް ރާއްޖޭގައި ފެނިގެންދިޔަ އެންމެބޮޑު ހިޔާނާތްކަމަށާއި، މި ހިޔާނާތުގެ އަގު 5.4 ބިލިއަން ރުފިޔާއަށްވުރެބޮޑުކަމަށް ފަލާހު ވިދާޅުވިއެވެ. 

ފަލާހު ވިދާޅުވީ ނިމިގެންދިޔަ ސަރުކާރުން ގޯތި ތަކަކާއި ފްލެޓްތަކެއް ރައްޔިތުންނަށް ދީފައިވާކަމަށް އެފަރާތްތަކުން ބުނަމުންދާ ކަމަށާއި، ނަމަވެސް ހަޤީގަތަކީ އެފަރާތްތަކުން ހަދާފައިވަނީ ލިސްޓެއް ކަމަށެވެ. 

ލިސްޓެއް ހެދިކަމަށް ފާހަގަކުރާ މި ސަބަބަކީ އެއްޗެއްދިނުމާއި އެއްޗެއް ލިސްޓްކުރުމާ މީ ތަފާތު ދެކަމެއް. މިސާލަކަށް ގޯތިދިންއިރުގައި އޭގެ ތެރޭގައި ގިރާވަރުފަޅު ، ގުޅީފަޅު މި ތަންތަނުން މިހިރީ ނުހިއްކާ ވަރަށްގިނަ ތަންތަނުންވެސް ގޯތިތަކެއް ދޫކޮށްފަ. ހާއްސަކޮށް ހުޅުމާލެ ކަހަލަ މުޅި ރާއްޖޭގެ އެންމެން ޝާމިލްވާ ގޮތަށް ދައުލަތަށް ލިބިފައިހުރި ޓެކްސް ފައިސާއިން ހިއްކާފައިވާ ބޮޑުސިންގާ އަގުބޮޑު ބިމަކުން ހަމަ ރިޔާސީ އިންތިހާބަށް ގާތްގަނޑަކަށް މަހަކަށްވެ ދެމަހަށް ވެފައި ވަނިކޮށް މިއޮތީ ގޯތިތަކެއް ދޫކޮށްފަ.

ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ ހުޅޫމާލެއާ، ގުޅީފަޅާ، ގިރާވަރުފަޅާ މި ތަންތަނުން ޖުމްލަ 9،100 އަށްވުރެގިނަ ގޯތި ދޫކޮށްފައިވާކަމަށެވެ. ކަރުދާސް ގަނޑެއްގައި ލިސްޓެއް އަދި ރަޖިސްޓްރީއެއް ހަދާފައި ދިނުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި، ގޯތިތައް ދޫކުރުމުގައި އެމްޑީޕީ ސަރުކާރުން އަމަލުކޮށްފައިވަނީ ޒިންމާދާރު ސަރުކާރަކުން މިބާވަތުގެ ކަންކަމުގައި އަމަލުކުރާ އުސޫލްތަކާ މުޅިން އިދިކޮޅަށްކަމަށް ފަލާހް ވަނީ ފާހަގަކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު، އަދި ހއ.ބާރަށު ދާއިރާގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ، ބިމާބެހޭ ޤާނޫނު އޮންނަގޮތުން ބަންޑާރަ ގޯތި ދޫކުރެވޭނީ އޮތް ބިމަކުން ކަމަށާއި، ނުވެސް ހިއްކާއޮތް ކަނޑުންނާއި ފަޅުފަޅުން މިދިޔަ ސަރުކާރުގައި ގޯތިތައް ދޫކޮށްފައިވާކަމަށެވެ. އެހެންކަމުން އެމްޑީޕީ ސަރުކާރުން ގޯތިތައް ދޫކޮށްފައިވަނީ ބިމާބެހޭ ޤާނޫނާވެސް ފުށުއަރާގޮތަށްކަމަށްވެސް ސުޖާއު ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ސުޖާއު ވިދާޅުވީ، އެމްޑީޕީން އެކުލަވާލާފައިވާ ފްލެޓް ލިސްޓްގައި ހިމެނޭ ފްލެޓް ހައްގުވާ ފަރާތްތަކަށް އެ ފްލެޓްތައް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި، އެކަން އެމަނިކުފާނު ކުރައްވާނޭ ކަމަށެވެ. ފްލެޓް ލިސްޓް ހިފަހައްޓާފައިވަނީ ސަރުކާރުން ނޫންކަމަށާއި، އޭސީސީން އެ ލިސްޓް ހިފަހައްޓާފައިވަނީ މިދިޔަ ވެރިކަމުގައި ކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.

ކޮމެންޓް
އިއްބެ
މެމްބަރުކަންލިބޭއެއްވެސްމީހަކު ތެދެއްނުބުނާތި
12 Aug 2024
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.