ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުން: ފޮޓޯ/ ހައުސިންގ މިނިސްޓްރީ
ހަބަރު
13 Aug 2024 | 11:40
ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހަކު މަރުވެއްޖެނަމަ، ވާރިސުންނަށް ލިބޭނެ: ހައުސިންގ މިނިސްޓްރީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ގޯތި ލިބުނު އެއްވެސް މީހަކު މަރުވެފައިވާނަމަ އަދި މަރުވެއްޖެ ނަމަ، އެ ގޯތި އެ މީހެއްގެ ވާރިސުންނަށް ލިބޭނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެޕްލިކަންޓެއް ނުވަތަ އެޕްލިކަންޓް ނިޔާވެފައިވާނަމަ ޝަރުއީ ކޯޓުން ވާރިސުން ސާބިތުކޮށްދީ، ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓު މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް www.hiyaavehi.housing.gov.mv ހުށަހަޅައި އެޕޮއިންޓްމަންޓަށް އެދުމުން އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށެވެ.

ރައީސް ޞާލިހުގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅާއި ގުޅިފަޅާއި އަދި ހުޅުމާލެ އިން ދޫކުރަން ނިންމި ގޯތިތަކަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 18،955 ފަރާތެއްގެ ޝަރުތު ހަމަވެފައިވާއިރު އޭގެ ތެރެއިން 9،0003 މީހަކަށް ގޯތި ދިނުމަށް އެ ސަރުކާރުން ވަނީ ނިންމައިފައެވެ.

ބިންވެރިޔާ ސްކީމުގެ ތެރެއިން ދޫކުރާ ގޯތިތަކުގެ ތެރެއިން ޖުމުލަ 624 ގޯތި މިހާތަނަށް ދޫކޮށްފައިވާކަމަށް ހައުސިންގް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ގޯތި ދޫކުރި ފަޅުތައް ހިއްކައި ދެން ހުރި ގޯތިތައްވެސް ހަވާލު ކުރުމުގެ މަސައްކަތް ކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭންޖެހޭ ހުރިހާ ގޯއްޗެއް އޮކްޓޯބަރު މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.