މާލޭގެ ބާޒާރުގައި ލުނބޯ ކިލޮއެއް ވިއްކަނީ 140 ރުފިޔާއަށް--
ވިޔަފާރި
18 Aug 2024 | 13:04
ލުނބޯ ކިލޯއެއްގެ އަގު 140 ރުފިޔާއަށް އުފުލިއްޖެ!

މާލޭ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 140 ރުފިޔާއަށް އުފުލިއްޖެއެވެ.

ފާއިތުވި ދުވަސްތަކުގައި ބާޒާރުގައި ލުނބޯ ވިއްކަން ހުރި އަގު ބޮޑުކަން ފާހަގަކޮށްލެވޭއިރު، މިދިޔަ ހަފްތާގައި ބާޒާރުގައި ލުނބޯ ކިލޮއެއް ލިބެން ހުރީ 120 ރުފިޔާއަށެވެ. އެ ހަފްތާގައި ބާޒާރުގައި އެންމެ އަގުހެޔޮކޮށްވެސް ލުނބޯ ކިލޯއެއް ލިބެންހުރީ 90 ރުފިޔާއަށެވެ.

މީގެ ކުރިން ލުނބޯ ކިލޯއެއް 35 ރުފިޔާއަށް ވިއްކާފައިވާއިރު، މިކަމާއި ގުޅިގެން "ވޮއިސް" އަށް މައުލޫމާތުދެމުން ބައެއް ގޮޅިތަކުގެ ސޭޓުން ބުނީ، ލުނބޯގެ އަގު ބޮޑުވީ ލިބޭ އަދަދުވެސް މަދުވުމާ ގުޅިގެންކަމަށާއި، މޫސުން ގޯސްވުމުން ކަނޑުމަގުން ލުނބޯ ލިބުމުގައި ދަތިތަކެއް އުޅޭކަމަށެވެ.

މީގެ ކުރިންވެސް އެކި ފަހަރުމަތިން ލުނބޯގެ އަގު ބާޒާރުގައި މަތިވެފައިވާއިރު، މިއަހަރުގެ ރަމަޟާން މަހުވެސް ލުނބޯގެ އަގު އުފުލުމާއި ގުޅިގެން، އަގު ސަރުކާރުން ކޮންޓްރޯލްކުރީ އެސްޓީއޯ މެދުވެރިކޮށް ލުނބޯ ގެނެސްގެންނެވެ.

ލުނބޯގެ އިތުރުން މާލޭ ބާޒާރުގައި ކެރެޓާއި ތަރުކާރީގެ އިތުރު ބާވަތްތަކުގެ އަގުތައްވެސް ވަނީ އުފުލިފައެވެ. މާލޭ ބާޒާރުގައި ގިނަ ފަހަރަށް ތަކެތީގެ އަގުބޮޑުކުރަނީ އެ އެއްޗެއް ލިބުން ދަތިވުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.