މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
19 Aug 2024 | 16:41
ބިދޭސީ މަސައްކަތްތެރިންގެ ފީތައް ބޮޑުކުރެވޭގޮތަށް ހުށަހެޅުނު ފާސްކޮށްފި

ބިދޭސީ މަސައްކަތްތެރިންގެ ފީތައް ބޮޑުކުރެވޭގޮތަށް ހުށަހެޅުނު މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލަށް ކޮމިޓީ މަރުހަލާގައި ގެނެވުނު އިސްލާހު ތަކާއެކު ފާސްކޮށްފައިވަނީ 65 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް އެމްޑީޕީގެ 10 މެންބަރުން ވަނީ ވޯޓުދީފައެވެ.

ވަޒީފާގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ދިރާސާކޮށްފައިވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީންނެވެ. އެ ބިލަށް ކޮމިޓީން ހަތަރު އިސްލާހު ވަނީ ގެނެސްފައެވެ. 

އެގޮތުން ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދުތަކާ ދާއިރާތައް ކަނޑައެޅުމުގައި އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި، ދާއިރާތަކާ، އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދާދާއި ދާއިރާތަށް ކަނޑައަޅާ އަހަރަކު ދެ ފަހަރު އާންމު ކުރަން ވާނެ ކަމަށް ބަޔާންކޮށް ވަނީ  އިސްލާހު ގެނަސްފައެވެ

ހަމައެހެންމެ، ރާއްޖޭގައި ވަޒީފާއަދާކުރަން ބިދޭސީން ގެންނަ ފަރާތްތަކުން މިނިސްޓްރީގައި ބަހައްޓަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ނެގުމުގެ މިންގަނޑު ބަޔާންކުރުމުގެ ގޮތުން ވެސް ކޮމިޓީން ބިލަށް އިސްލާހު ގެނަސްފައިވެއެވެ.

މީގެ އިތުރުން، ވަޒީފާއާބެހޭ ގާނޫނުގައި މިހާރު ބަޔާންކޮށްފައި އޮންނަ ގޮތުން ބިދޭސީ މަސައްކަތްތެރިން ވޯކް ޕާމިޓުގެ ގޮތުގައި 350 ރުފިޔާ ދައްކަންޖެހެއެވެ. އަދި، ކޯޓާ ފީގެ ގޮތުގައި އަހަރަކު 2،000 ރުފިޔާ ދައްކަންޖެހެއެވެ.

ނަމަވެސް ސަރުކާރުން ހުށަހެޅި އިސްލާހުގެ ދަށުން ކޮންމެ 18 މަސް ދުވަހަކުން އެއްފަހަރު އެ އަދަދު ބަދަލުކުރުމުގެ އިޚުތިޔާރު ސަރުކާރަށް ލިބެއެވެ. އަދި އެ ކަނޑައެޅުނު އަަދަދު 30 ޕަސަންޓަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ހަމައެއާއެކު އެ އިސްލާހުގައިވަނީ، އިހުމާލުވާ މީހުންގެ މައުލޫމާތު އާންމު ކުރުމާއި އެ މީހުން 50،000 ރުފިޔާއިން ޖޫރިމަނާކުރުން ހިމަނާފައެވެ. އެއާ އެކު އިހުމާލުވާ ފަރާތްތަކުން ބިދޭސީން ގެނައުމުގެ ޚިދުމަތްތައް ވަކި މުއްދަތަކަށް ދިނުން ހުއްޓާލެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލުގައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ގާނޫނާ ޚިލާފަށް މަސައްކަތް ކުރާ ވާރކްސައިޓުތައް ކަމަށް ބެލެވޭ ތަންތަން ދުރާލާ އެންގުމަށްފަހު ނުވަތަ ދުރާލާ ނޯޓިސް ދިނުމަކާ ނުކައި އެ ސައިޓުތަކަށް ވަދެ، ބަލައި ފާސްކުރުމުގެ ބާރު އިންސްޕެކްޓަރުންނަށް ލިބޭ ގޮތަށް އިސްލާހެއް ހުށަހަޅާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.