ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިހުސާން: ފޮޓޯ/ ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާ
ހަބަރު
22 Aug 2024 | 18:07
ބިދޭސީން ލައްވާ ހަށިވިއްކުމުގެ ވިޔަފާރި ކުރުވާ ދިވެހިންނާ ދެކޮޅަށް ހިޔުމަން ޓްރެފިކިންގެ ތަހުގީގެއް ކޮށް ބޮޑު އަދަބުދެނީ!

ރާއްޖެ ގެންނަ ބިދޭސީންލައްވާ މަސާޖު ޕާލަރު ތަކުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުވާ ދިވެހިންނާ ދެކޮޅަށް ހިޔުމަށް ޓްރެފިކިންގ ގެ ތަހުގީގެއް ކުރުމާއެކު، އެމީހުން ޖޫރިމަނާކޮށް ޕާސްޕޯޓު ހިފަހައްޓާނެ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ސިއްޙަތާއި ބެހޭ ވުޒާރާއާއި, އިގްތިޞާދީ ތަރައްގީއާ ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މަސާޖު ޕާލާއެއް ހިންގުމަށް އެއްވެސް އިދާރާއަކުން ހުއްދައެއް ދެވިފައި ނުވާނެ ކަމަށެވެ. މަސާޖުގެ ހިދުމަތް ދެމުން އަންނަނީ ސެލޫންތަކުގެ ނަމުގައި ހުޅުވައިގެން ހުންނަ ތަންތަނުން ކަމަށް އިހުސާން ވިދާޅުވިއެވެ.

"އެހެންވީމަ އެހިސާބުން އެއޮތީ އަސްލު މިހާރު ވިޔަފާރި ބަންދު ކުރެވޭނެ ހާލަތު އައިސްފައި. އެއީ ހުއްދަ ނުދޭ މަސައްކަތެއް އެތަނުގައި ކުރުން،" އިހުސާން ވިދާޅުވިއެވެ.

މިއާއެކު އިޙްސާން ވިދާޅުވީ، މިއަދުން ފެށިގެން ޓާސްކް ފޯހުން ވަންނަ އެފަދަ ކޮންމެ ތަނެއް ބަންދު ކުރާނެ ކަމަށާ، ހުއްދަ ނުދޭ ހިދުމަތްތަކެއް ނުވަތަ އެހެން ކަމެއް ނަމަވެސް އެތަނެއްގައި ކުރާނަމަ ދެން އެތަނެއް ބަންދު ކުރާނެ ކަމަށާ، އަދި އެފަދަ ތަންތަން ހިންގުމުގެ އަޑީގައި ތިބޭ ދިވެހިންނާއި މެދުވެސް ފިޔަވަޅުތައް އަޅާނެ ކަމަށެވެ. 

"ދެ އޭންގަލް އަކުން އަޅުގަނޑުމެން އެކަން (ފިޔަވަޅުތައް) އަޅާނީ. އެއް ކަމަކީ ހިއުމަން ޓްރެފިކިން އޭންގަލް އިން އަޅުގަނޑުމެން ތަހުގީގު ކުރަން ފަށާނަން. މިފަދަ (ހަށިވިއްކުން ފަދަ) ކަމެއް ފާހަގަވެއްޖިއްޔާ. ދެވަނަ ކަމަކީ ގަވާއިދާ ހިލާފަށް ހުއްދަ ނެތި ވިޔަފާރިއެއް ކުރުން. މީގެތެރެއިން މިނިސްޓްރީގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް ޓާސްކް ފޯސް އިން އައިޑެންޓިފައި ކުރެވި އަޅަމުން ގެންދާނެ،" 

ވަޒީރު ޢަލީ އިހްސާން

“ތިންވަނަ އޭންގަލްއަކީ، ބިދޭސީން ލައްވާ ގަވާއިދާ ޚިލާފަށް މަސައްކަތްކުރުވުން. ނުވަތަ ބިދޭސީން އެކްޕްލޮއިޓް ކުރުން. އޭގެ ފިޔަވަޅުތައް މިއަދުންފެށިގެން އަޅުގަނޑުމެން އަޅަންފަށާނަން. އެއީ 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމާ، އޭގެ އިތުރުން ޕާސްޕޯޓް ހިފެހެއްޓުމުގެ ކަންކަން.” އިޙްސާން ވިދާޅުވިއެވެ. 

ބިދޭސީންގެ މައްސަލައާއި ގުޅިގެން، ސަރުކާރުގެ ފަރާތުން، ވަޒީފާއާ ބެހޭ ގާނޫނަށް މިހާރު ހުށަހާލާފައިވާ އިސްލާޙުގައިވެސް، ގަވާއިދާ ޚިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ ދިވެހިންގެ އަތުން، އެމީހުން ގެނެސްފައިވާ ކޮންމެ ބިދޭސީއަކަށް 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމަށް އިސްލާހް ހުށަހަޅާފައިވާ ކަން ފާހަގަކުރައްވައި އިހްސާން އިތުރަށް ވުދާޅުވީ، މި މައްސަލައަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ މައްސަލައެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.