ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
23 Aug 2024 | 09:46
އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕްގައި ޤައުމީ ޓީމުންހޯދި ކާމިޔާބީއަށް ރައީސް މުޢިއްޒު މަރުޙަބާ ދަންނަވައިފި

އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕްގައި ދިވެހި ޤައުމީ ފިރިހެން ޓީމާއި އަންހެން ޓީމް ހޯދި ފަޚުރުވެރި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާއާއި ތަހުނިޔާ ދަންނަވައިފިއެވެ.

ދިވެހި ޤައުމީ ސަރފިންގ ފިރިހެން ޓީމާއި އަންހެން ޓީމް ހޯދި ފަޚުރުވެރި ކާމިޔާބީއަށް އެމަނިކުފާނު ތަހުނިޔާ އަރިސްކުރައްވާފައިވަނީ ރޭ މީސް މީޑިއާ މެދުވެރި ކުރައްވައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ދިވެހި ޤައުމީ ސަރފިންގ ފިރިހެން ޓީމާއި އަންހެން ޓީމް މި މިކާމިޔާބީ ހޯދާފައި ވަނީ އެ މުބާރާތަށް އެތުލީޓުން ނެގުމަށްޓަކައި މިހާރު ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސަރފިން ޗެމްޕިއަންޝިޕް މުބާރާތުގައި ވާދަކޮށްގެންނެވެ. މި މުބާރާތުގައި 20 ޤައުމަކުން 113 އެތުލީޓުން ބައިވެރިވެފައިވެއެވެ. މިއީ އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ.

ތުލުސްދޫގައި ކުރިއަށްދާ މުބާރާތުގައި ވާދަކޮށް އޭޝިއަން ގޭމްސް 2026 ގެ އަންހެން އަދި ފިރިހެން ސަރފިންގ ކެޓަގަރީން ރާއްޖެ ވަނީ ޖާގަ ކަށަވަރުކޮށްފައެވެ. އަދި މި ޖާގަ ކަށަވަރުކޮށްފައިވަނީ ދެކުނު އޭޝިއާ ސަރަޙައްދުގެ އެއްވަނަ ދަރަޖައިގައެވެ. ހަމައެއާއެކު ރާއްޖޭގެ ފިރިހެން ޓީމު ވަނީ އޭޝިއާ ބައްރުގެ 4 ވަނަ ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށޭނެ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ 13 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް އެޑްވާންސް ޕޭމަންޓު ހަމަޖެހި، ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށެވެ.
29 Jun 2026
ބަކިންގަމް ގަނޑުވަރުގައި ރަސްގެފާނު ނޫޅުއްވާނެ
ބަކިންގަމް ގަނޑުވަރުގެ 10 އަހަރުގެ މަރާމާތު 2025 ގައި ނިމުމުން ވެސް ޗާލްސް ރަސްގެފާނު ކުރީގެ އާވާހަކައަށް ކްލެރެންސް ހައުސްގައި ދިރިއުޅުއްވާނެ ކަމަށް ޝާހީ އޮފިޝަލުން ހާމަކުރައްވައިފި
29 Jun 2026
ސަޢޫދީ ހެލިކޮޕްޓަރެއް ވެއްޓި ދަތުރުކުރި އެންމެން ނިޔާވެއްޖެ
ސަޢޫދީ އަރަބިއްޔާގެ އަރަމްކޯގައި 14 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ހެލިކޮޕްޓަރު ވެއްޓުނީ އިއްޔެ ސައުދީ ގަޑިން 6:00 ކަންހާއިރުއެވެ. މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން ވަނީ ނިޔާވެފައެވެ.
29 Jun 2026
އާންމު ދިރިއުޅުމުގެ ތެރެއިންވެސް ފައިސާ ރައްކާކުރެވިދާނެ
29 Jun 2026
ގަދަ 16 އިން ޖާގަހޯދި ފުރަތަމަ ޓީމަކަށް ކެނެޑާ
މުބާރާތުގެ ކުއާޓާ ފައިނަލުގައި ކެނެޑާ ބައްދަލުކުރަން ޖެހޭނީ މޮރޯކޯ ނުވަތަ ނެދަލޭންޑްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ
29 Jun 2026
ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
29 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް ވަނީ އަރުވާފަ އެވެ.
29 Jun 2026
ޑްރަގް ވިޔަފާރި ހިންގާ މީހުންނަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތް އިތުރު ގިޔަރަކަށް
ވަޒީރު އިތުރަށް ވިދާޅުވީ، ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދިޔަ ކުދިން އެ މާހައުލުން ދުރުކޮށް އެ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ އަހަރެއްކަމުގައި ވެސް ކުރިއަށް މިއޮތް އަހަރު ވެގެންދާނެ ކަމަށެވެ.