ވަޒީރު ޑރ އަބްދުالله ޚަލީލް: ފޮަޓޯ/ ހެލްތު މިނިސްޓްރީ
ހަބަރު
23 Aug 2024 | 15:42
ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެއް އާއްމުކޮށްފި

ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް ހަމަޖެއްސި ހާއްސަ ނަމްބަރު އާއްމުކޮށްފިއެވެ.

އެގޮތުން ހެލްތު މިނިސްޓްރީން އާއްމު ކުރި ނަންބަރަކީ 7603204 އެވެ.

މި ނަންބަރާއެކު، އާއްމު ސިއްޚަތާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް އެޗްޕީއޭއިންވެސް ވަނީ ހޮޓްލައިން ނަންބަރާއި މެއިލެއް އާއްމު ކޮށްފައެވެ. އެގޮތުން އާއްމުކޮށްފައިވާ ވަޓްސްއެޕާއި ވައިބާ އިން ޝަކުވާ ހުށަހަޅާނެ ނަންބަރަކީ، 7960121 އެވެ. އަދި ރަސްމީ ގަނޑިތަކުގައި 3024570 ގުޅައިގެންވެސް ޝަކުވާ ހުށަހެޅޭއިރު [email protected]އަށް ސުވާލު މެއިލް ވެސް ކުރެވޭނެ ކަމަށް ބުބެފައިވެއެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ބޭއްވި ނޫސއވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް އިންނަނީ ތަންކޮޅެއް އުދަނގޫ ޕްރިސީޖާއެއް ކަން ފާހަގަކުރައްވައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެފަދަ މައްސަލަތައް ފަސޭހައިން ރިޕޯޓްކުރެވޭނެ މެކޭނިޒަމްއެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޑރ. ޚަލީލް ވިދާޅުވީ ކާބޯތަކެތީގެ މައްސަލަތައް ރިޕޯޓުކުރުމަށް ކަނޑައަޅާ ހާއްސަ ނަންބަރަށް ފޮޓޯތަކާއި ވީޑިއޯތައް ވަޓްސްއަޕް އަދި ވައިބާ މެދުވެރިކޮށް ފޮނުވޭނެކަމަށެވެ.ު

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިއަދުން ފެށިގެން، ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ގާނޫނަށް ޢަމަލުކުރަން ފެށޭނެ ކަމަށެވެ. އެއާއެކު، ކާބޯތަކެތި ތައްޔާރުކުރާތަންތަން ބަލައި ފާސްކޮށް، އެތަންތަން ބަންދުކޮށް ރަނގަޅު ކުރާ ހިސާބުން އެތަންތަން ހުޅުވުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންދާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ، މިހާތަނަށް ކާބޯތަކެތި ތައްޔާރުލުރާ ފަރާތްތައް ޒިންމާކުރެވޭނެ ގޮތެއް ނޯންނަ ކަމަށެވެ. އެހެން ނަމަވެސް، މި ގާނޫނާއެކު، އެފަދަ ފަރާތްތައް ގާނޫނާ ޚިލާފް ވާނަމަ، ތަފާތު އަދަބުތައްވެސް ކަނޑައެޅިގެންދާ ކަމަށެވެ.

ތަފާތު އަދަބުތަކެއްވެސް މި ގާނޫނުގެ ދަށުން ކަނޑައެޅިގެން އެބަދޭ. އެއީ ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަމަކީ އަޅުގަނޑުމެން ކޮންޕްރޮމައިޒް ކުރާނެ ކަމެއް ނޫން. މިގާނޫނުގެ ދަށުން އެބަ ފުރުސަތު ލިބިގެންދޭ އަދަބު ކަނޑައެޅުމަށް. ޖިނާޢީ ކުށުގެ ދައުވާ ކުރުމަށް ޖޫރިމަނާ ކުރުމަށް އެބަފުރުސަތު ލިބިގެންދޭ. 

ވަޒީރު އަބްދުالله ޚަލީލް

އެގޮތުން، ކުށުގެ ބާވަތަށް ބަލައި 10،000 ރުފިޔާއިން ފެށިގެން 50،000 ރުފިޔާއަށް ޖޫރިމަނާ ކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށާ، އަދި އެންމެ ބޮޑު ޖޫރިމަނާއެއްގެ ގޮތުގައި އެއްމިލިއަން ކަމޑައެޅިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
އަހްމަދް ރަސީދު
ކޮރަޕްޓް ވެފައި އޮތް ގައުމެއް އެއް ކަމެއްވެސް ނުކުރެވޭނެ. ތަޅާނީ ހުސް އަނގަ
23 Aug 2024
ގުޅޭ ލިޔުންތައް
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.