އެމްއެމްއައިއެފް އިންޝުއަރަންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް
ވިޔަފާރި
24 Jun 2024 | 16:09
މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމްގެ އިންޝުއަރަންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް

"މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް" އަކީ ރާއްޖޭގެ ކަނޑުގެ ސިނާއަތާއި ގުޅުންހުރި ފަރާތްތަކާއި އެކު ދެމެދު މުހިންމު މަޝްވަރާތަކެއް ކުރުމަށް އަހަރަކު 1 ފަހަރު ބާއްވާ ބައްދަލުމެކެވެ.

މީޑިއަމް އިވެންޓްސްއިން ރާވާ މިއިވެންޓްގެ އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި މިއަހަރުވެސް ބައިވެރިވުމަށް އެލައިޑް އިންޝުއަރަންސުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ލީޑިންގ އިންޝުއަރަރގެ ހައިސިއްޔަތުން ދާއިރާއަށް ދޭ އަހައްމިއަޔަތުގެ ތެރެއިން މިއަހަރުގެ މެރިން އިންޑަސްޓްރީ ފޯރަމްގެ ޕެނަލް ޑިސްކަޝަންގައިވެސް ބައިވެރިވުމަށް އެލައިޑުން ދަނީ ތައްޔާރުވަމުންނެވެ.

ކުންފުނީގެ ފަރާތުން ޕެނަލްގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ އެލައިޑް އަންޑަރރައިޓިންގ ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖަރ ހުސެއިން ސަވާދުއެވެ. ޕެނަލް ޑިސްކަޝަންގައި އެލައިޑުން އަލިއަޅުވާލާނެ މައިގަނޑު ބައިތަކުގެ ތެރޭގައި މެރިން އިންޑަސްޓްރީގެ ތެރޭގައި އެލައިޑުން އަދާކުރާ ދައުރާއި އިންޝުއަރަންސް މެދުވެރިކޮށް ދާއިރާގެ ހިދުމަތްތެރިންނަށް ރައްކާތެރިކަން ހޯދޭނެ ގޮތްތައް ހިމެނެއެވެ.

މީގެ އިތުރުން ބައިވެރިންގެ މެދުގައި އިންޝުއަރަންސްގެ ރޮނގުން ހުރި ސުވާލުތަކަށް ޖަވާބުދިނުންވެސް ހިމެނެއެވެ.

6 ޖުލައި 2024ގައި މީރުމާ ހޯލުގައި ކުރިޔަށްގެންދާ މިއިވެންޓްގައި ސަރުކާރުގެ ކަމާބެހޭ އިސްވެރިންގެ އިތުރުން މިދާއިރާގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އަމިއްލަ ފަރާތްތައް ބައިވެރިވެ، ހިޔާލު ބަދަލުކޮށް، ސިނާއަތުގައި ކުރިމަތިވާ މުހިންމު އަދި އަސާސީ ގޮންޖެހުންތައް ދެނެގަނެ، ހައްލު ހުށައަޅާ މިފަދަ މައްސަލަތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް ވަނީ ނިންމާފައިވެއެވެ.

ދާއިރާގައި މަސައްކަތް ކުރައްވާ އެހެނިހެން ފަރާތްތައް މިފޯރަމްގައި ބައިވެރިވާން އެދޭނަމަ އިވެންޓް ރަޖިސްޓްރޭޝަން (ލިންކް: https://www.mmif.mv/events/mmif24-1 ) ފުރިހަމަކޮށްލައިގެން އެފުރުސަތު ފަހިވާނެ ކަމުގައި މީޑިއަމްއިން މައުލޫމާތު ދެއްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.