ޕާޓާ ޓްރެވަލް މާޓް 2024
ހަބަރު
01 Sep 2024 | 13:27
ޕާޓާ ޓްރެވަލް މާޓް 2024 ގައި ރާއްޖެ އިސްތިހާރުކޮށްފި

ތައިލެންޑުގެ ބެންކޮކުގައި އޮގަސްޓް 27 އިން 29 އަށް ބޭއްވުނު ޕާޓާ ޓްރެވަލް މާޓް 2024 ގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ބައިވެރިވެ، ކާމިޔާބުކަމާއެކު ފެއާ ނިންމާލައިފިއެވެ.

ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އިން އިންތިޒާމުކޮށްގެން ބޭއްވުނު މި ފެއާ އޮތީ ކުއީން ސިރިކިޓް ނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.


މި ފެއާގައި ދިވެހިރާއްޖެ ތަމްސީލުކޮށްފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) ގުޅިގެންނެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފެއާގައި ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކާއި ދިރުންތަކުގެ އިތުރުން ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަން ހުރި އެކި ފަންތީގެ ޕްރޮޕަޓީތަކާއި ފުރުސަތުތައް ވަނީ އިޝްތިހާރުކޮށްފައެވެ.

މި ފެއާގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ އިޔާސް ރިޔާޒް، އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ، އަދި މަޓާޓޯގެ ސީއީއޯ އައިމިނަތު ސުޒާން ހިމެނެއެވެ. މި ބޭފުޅުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެހެނިހެން ފަރާތްތަކާއެކު މި ފެއާގައި ބައިވެރިވެވަޑައިގެންފައެވެ.
ދިވެހިރާއްޖޭގެ ސްޓޭންޑުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ނަން މަޝްހޫރު ފަރާތްތަކުގެ ތެރެއިން ދިގުފަރު އައިލެންޑް ރިސޯޓް، ފުރަވެރި މޯލްޑިވްސް، އިނަރ މޯލްޑިވްސް، ޕްލަމޭރިއާ، ރިޔޯކޯ މޯލްޑިވްސް، ސްޓޯން ހޮޓެލްސް މޯލްޑިވްސް، ސަން ސިޔާމް ޓްރެވަލްސް އަދި ކާނި ހޮޓެލްސް އެންޑް ރިސޯޓް އިން ވެސް ބައިވެރިވެފައިވެއެވެ.

މި ފެއާގައި ރާއްޖެއިން ލިބެންހުރި ތަފާތު ތަޖުރިބާތައް ދައްކާލާފައިވާއިރު މީގެ ތެރޭގައި މަޖާ މޫދު ކުޅިވަރުގެ ހަރަކާތްތަކާއި އައިލެންޑް ރިޓްރީޓްތައް ހިމެނެއެވެ. އަދި 'ދިވެހިރާއްޖެ-ސަނީ ސައިޑް އޮފް ލައިފް' އަކީ ހުރިހާ ފަރާތްތަކުން ވެސް ބޭނުންވާފަދަ ތަފާތު ތަޖުރިބާތަކެއް ލިބެންހުރި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި މި ފެއާގައި ވަނީ އިޝްތިހާރުކުރެވިފައެވެ.

"ފަތުރުވެރިކަމަކީ ރާއްޖޭގެ މައި ސިނާއަތަށްވާއިރު މި ސިނާއަތަށް ދެމެހެއްޓެނިވި ކުރިއެރުންތަކެއް ހޯދުމަށް ބައިނަލްއަޤްވާމީ ފަރާތްތަކާ އެކު މަސައްކަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އިތުރު ބާރެއް މި ފެއާގެ ސަބަބުން ލިބިގެން ހިނގައްޖެ"

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ

މިފަހަރުގެ ޕާޓާ ޓްރެވަލް މާޓް ކުރިއަށްގެންދިޔައީ ހާއްސަ ހަރަކާތްތަކާއެކުގައެވެ. އެއީ ތައިލެންޑުގައި ޕާޓާ ގާއިމުކުރިތާ 25 އަހަރު ފުރުން ފާހަގަކުރުމާވެސް އެކުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.