ޖުލައި 31 ގައި ހުޅުމާލޭގައި ހިނގި ރޭސް ކާރު އެކްސިޑެންޓާއި ގުޅިގެން ކާރަށް ގެއްލުންވެފައި: ފޮޓޯ/ ވޮއިސް
ހަބަރު
06 Sep 2024 | 22:03
މައްސަލައަކީ ސްޕޯޓްސް ކާރެއް ނޫން؛ ކުށްކުރާ މީހުންނަށް އަދަބު ނުލިބި ދޫވެފައި ތިބުން: ޑްރިފްޓް އެސޯސިއޭޝަން

ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަންމެދުވެރިވާ ސަބަބަކީ ރޭސް ކާރު ނޫން ކަމަށާ އެހެނެއް ކަމަކު އެފަދަ އެކްސިޑެންޓް ހިނގަނީ ކުށްތައް ކުރާ މީހުންނަށް އަދަބު ނުދެވި ދޫކޮށްލާފައި ތިބޭތީ ކަމަށް ބުނެ ޑްރިފްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ރޭ ދަންވަރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ރޭސް ކާރެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރަމުން އައި ޕްރިޒަން ލާންސް ކޯޕްރަލް ހަސަން ސަމާހު، 23އ، ވަނީ ނިޔާވެފައެވެ.

އެއާއެކު ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ސްޕޯޓްސް ކާރުތައް މަނާކުރަން އަންނަނީ ގޮވާލަމުންނެވެ. 

އެކަމާ ގުޅިގެން އެކްސިޑެންޓާއި ގުޅިގެން ޑްރިފްޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބާރު ސްޕީޑުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުބަލާ ކާރާއި ސައިކަލު ދުއްވުމަކީ އެ އެސޯސިއޭޝަނުން އަބަދުވެސް ކުށްވެރިކުރާ އަމަލެއް ކަމަށެވެ. އަދި މިގޮތަށް ގާނޫނާ ޚިލާފަށް ދުއްވާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ އެ ޖަމިއްޔާއިން އަބަދުވެސް ގޮވާލާ ކަމެއް ކަމަށެވެ.

ނަމަވެސް ފަހަކަށް އައިސް އެކްސިޑެންޓްތަކުގައި ސްޕޯޓްސް ކާރުތައް ބަދުނާމު ކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މިކަމަށް އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ، މައްސަލައަކީ ކުށްކުރާ ފަރާތްތައް ކަމަށެވެ. މައްސަލަ އަކީ ވެހިކަލް ނޫން ކަމަށެވެ. އަދި މިކަހަލަ ފަރާތްތަކަށް އެކަށީގެންވާ އަދަބު ނުލިިބި މުޖުތަމައުތެރޭގައި އަނެއްކާވެސް ދޫވަމުންދާ ކަމެވެ

ޑްރިފްޓް އެސޯސިއޭޝަން

މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކޮށްގެން އަދި ލައިސެންސް ނެތި އުޅަނދުފަހަރު މަގުމަތީގައި ބިރެއް ނެތި އުޅެން ފެށުމަކީ މިކަހަލަ އެކްސިޑެންޓްތައް ގިނަވެގެންދާ އެންމެ ބޮޑު ސަބަބުކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން ވީހާވެސް ހަރުކަށި ފިޔަވަޅުތައް ކުށްކުރާ މީހުންނަށް އެޅި މުޖުތަމައުގެ ތެރެއަށް އަނބުރާ ދޫކޮށްލުމުގެ ކުރިން އެ މީހުންނަކީ މުޖުތަމައުގައި އުޅެން އެކަށީގެންވާ ބައެއް ކަމުގައި ޔަގީންކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.

ރޭގެ އެކްސިޑެންޓާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރު އަންގަވައިފައިވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.