ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ހަބަރު
08 Sep 2024 | 12:28
އެމްޑީޕީ ސަރުކާރުން ބަޖެޓް ސަޕޯޓަށް ނެގީ ލުއި ލޯނެއް ނޫން: އޮޑިޓް އޮފީސް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބަޖެޓު ސަޕޯޓަށް ނަގާފަައިވާ ލޯނުތަކަކީ ލުއި ލޯނުތަކެއް ނޫންކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ. 

އޮޑިޓު އޮފީހުން ބުނީ ދަރަންޏާ ގުޅޭ ސްޓްރެޓެޖީގައި ދަރަނީގެ އެވެރެޖު އިންޓަރެސްޓު ރޭޓު 4 ޕަސެންޓުގައި ހިފަހެއްޓުމަށް އަމާޒުކޮށްފައިވީ ނަމަވެސް އެކަން ހާސިލުކުރުމަށް ކުރީގެ ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

އަދި ކޮންސެޝަނަލް ލުއި ލޯނަކީ ރަނގަޅަށް ޕްލޭނު ކުރެވިގެން ރޭވުންތެރިކަމާއެކު ޖަވާބުދާރީވަނިވި ނިޒާމެއްގެ ތެރެއިން މަސައްކަތް ނުކުރެވިއްޖެނަމަ ހޯދަން އުދަނގޫވާނެ ލޯނުތަކެއް ކަމަށްވާއިރު އެފަދަ ލޯނުތައް އާންމުކޮށް ދެނީ ވަކިވަކި މަޝްރޫއުތަކަށް ނުވަތަ ތަރައްގީގެ ވަކި އަމާޒުތަކެއް ހާސިލުކުރުމަށް ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. 

އަދި ނިމިދިޔަ ސަރުކާރަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ލުއި ލޯނުތައް ހޯދުމަށް ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށާ އޭގެ ސަބަބުން ލޯނުތަކުގެ އިންޓަރެސްޓު ރޭޓު މަތިވެފައިވާކަން އޮޑިޓު އޮފީހުން ފާހަގަކުރި އެވެ. 

އޮޑިޓް އޮފީހުން އިތުރަށް ބުނީ އަންނަ އަހަރު ދައްކަންޖެހޭ ލޯނުތަކުގެ ތެރެއިން ޑޮމެސްޓިކް ރިޕޭމަންޓް ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި އެއީ މޯލްޑިވްސް ޕެންޝަނަށް ވިއްކި ޑޮމެސްޓިކް ބޮންޑުތައް ހަމަވުމުން ކަމަށެވެ. މީގެތެރޭގައި 1.16 ބިލިއަން ރުފިޔާއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ވިއްކި ބޮންޑެއްގެ ޕޭމަންޓުގެ ގޮތުގައި އަދާކުރަންޖެހޭ 200 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް ޕޭމެންޓުގެ ގޮތުގައި 2025 އަހަރު 1.5 ބިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. އެއީ އެ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި ނަގާފައިވާ 25 މިލިއަން ޑޮލަރުގެ ހަތަރު ލޯނަކަށް ޖުމްލަ 100 މިލިއަން ޑޮލަރު ދައްކަންޖެހޭތީ އވެެ. 

އޭގެ އިތުރަށް އިންޑިޔާއިން ނަގާފައިވާ ލައިން އޮފް ކްރެޑިޓުގެ ޕްރިންސިޕަލް އަދާކުރަން ފަށަންޖެހެނީވެސް އަންނަ އަހަރު އެވެ. އެލްއޯސީގެ ޕްރިންސިޕަލް ޕޭމެންޓު އަދާކުރުމަށް، އިތުރު 397.4 މިލިއަން ރުފިޔާ އަންނަ އަހަރު ހަރަރުވާނެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.