ވަޒީރު ޒަމީރު-- ފޮޓޯ: ވޮއިސް
ހަބަރު
09 Sep 2024 | 12:00
ޕޭޕަލްގެ ޚިދުމަތް ގެނައުމަށް ހުރި ގޮންޖެހުންތަކަށް އެމެރިކާގެ އެހީގައި ހައްލުލިބޭނެ: ވަޒީރު ޒަމީރު

ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަށް ހުރި ގޮންޖެހުންތަކަށް އެމެރިކާގެ އެހީގައި ހައްލުލިބޭނެ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެމެރިކާ އެމްބަސީ ޤާއިމްވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، ދެ ޤައުމުގެ ގުޅުން ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އިތުރަށް ބަދަހިވެ އެކުގައި ގިނަ މަސައްކަތްތަކެއް ކުރެވޭކަމަށާއި، އޭގެ ތެރޭގައި، މިދިޔަ ޖުލައި މަހު އެމެރިކާއާއި ރާއްޖެއާއި ދެމެދު 3 ވަނަ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރިމެންޓްގެ މަޝްވަރާތައް ކުރިއަށްދިޔަކަމަށެވެ.

އެމެރިކާ ރާއްޖެ ގުޅުމުގެ ތެރެއިން ލިބެން އޮތް އެންމެ ބޮޑު ކުރިއެރުމަކީ ޕޭޕަލްގެ ޚިދުމަތްކަން ފާހަގަކުރައްވާ ވަޒީރު ޒަމީރު ވިދާޅުވީ، ރާއްޖެ އަކީ ކުޑަ މާކެޓެއް ނަމަވެސް، އެމެރިކާގެ އެހީގައި ހުރި ގޮންޖެހުންތައް ނައްތާލާ ޚިދުމަތް ލިބެން ފެށުމުން އޭގެ ފައިދާ  އިޤްތިޞާދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

"އެމެރިކާ ރާއްޖެ ގުޅުމުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބެން އޮތް އެންމެ ބޮޑު ކުރިއެރުމަކީ ޕޭޕަލްގެ ޚިދުމަތް. އަޅުގަނޑުމެން މިއީ ކުޑަ މާކެޓެއް ނަމަވެސް އެމެރިކާގެ އެހީގައި ހުރި ގޮންޖެހުންތައް ނައްތާލާ ޚިދުމަތް ލިބެން ފެށުމުން އޭގެ ފައިދާ އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ކުރާނެ" 

ވަޒީރު ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޒަމީރު ވަނީ ލަންކާއަށް ނުގޮސް ރާއްޖެއިން ވީޒާގެ ކަންކަން ހަމަޖެހޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ