އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް- ފޮޓޯ:އެމްޕީއެލް
ހަބަރު
16 Sep 2024 | 09:39
ބަންކަރިންގެ ހިދުމަތް ފެށުމުން އެމްޕީއެލުން މެރިޓައިމްގެ 14 ހިދުމަތެެއް ފޯރުކޮށްދޭނެ: ވަޖީހު

އިވަހަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މެރިޓައިމްގެ 14 ހިދުމަތެއް ފޯރުކޮށްދޭނޭ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޖީހު ވިދާޅުވީ، ބަންކަރިންގެ ހިދުމަތް ފަށަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމަށާއި، ބަންކަރިން ހިދުމަތް ހަމަ އެ ދުވަހުން ފެށިގެން ލިބޭނޭކަމަށެވެ.

ބަންކަރިންގެ ހިދުމަތް ދިނުމުގެ އިތުރުންވެސް، އެމްޕީއެލުންވެސް ކަންތައްތަކެއް ރާވާފައިވާ ކަމަށާއި، އެގޮތުން 14 ހިދުމަތެއް ދިނުމަށް ނިންމާފައިވާއިރު އެކަންކަން މިހާރުވެސް ފެށުމަށް ތައްޔާރުވެރުވެފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއީ ކަސްޓަމަރަކު ބޭނުންވާ ގޮތަށް ދެވޭ ހިދުމަތްތަކެކެވެ.

އަޅުގަނޑުމެން އެބަހުރި އެމްޕީއެލުން ރާވާފައި ހުރި ކަންތައްތަކެއް. މި ދެންނެވި ތެލުގެ ހިދުމަތް ބޯޓުފަހަރަށް ދޭއިރުގައި އެއާއިގުޅިގެން އަދި ހަމަ ނުފުދޭނެ ބޯޓުފަހަރަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑުމެން ދޭ ބޭނުންވާ ހިދުމަތްތަކުގެ ވާހަކަ އަޅުގަނޑުމެންގެ ވެބްސައިޓުގައި ގާއިމު ކޮށްފައިވާނެ. އެގޮތުން 14 ހިދުމަތެއް ވާނެ އަޅުގަނޑުމެން ހާމަކޮށްފައި

ވަޖީހު ވިދާޅުވިއެވެ.

ބަންކަރިން ހިދުމަތް ފަށާއިރު، ޕައިލެޓޭޖާއި ކްރޫ ބަދަލުކުރުމާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި މެއިންޓަނަންސް ޚިދުމަތް އަދި ޓަގް ޚިދުމަތް ފަދަ ޚިދުމަތްތައް ހިމެނޭކަމަށް ވަޖީހު ވިދާޅުވިއެވެ.

ވަޖީހު އިތުރަށް ވިދާޅުވި ގޮތުގައި، ބަންކަރިންގެ ޚިދުމަތް މި މަހު އޮފް-ޝޯކޮށް ފެށިނަމަވެސް ދެވަނަ ފިޔަވަހީގެ ދަށުން ބޯޓުތައް ހޯރަފުއްޓަށް ބަނދަރުކޮށްގެން ޚިދުމަތްދިނުމަށް އިހަވަންދިއްޕޮޅަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާކަމަށެވެ. އޭގެ ތެރޭގައި ދެވަނަ ފިޔަވަހީގައި ހއ. ހޯރަފުށި ފަޅު ހިއްކައިގެން، އެތަނުގައި ތެޔޮ ޓާމިނަލަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންޓެއިނާ ޓާމިނަލެއް ތަރައްގީކުރުން ހިމެނެއެވެ.

ރާއްޖެއާ ކައިރީ ބައެއް ޤައުމުތަކުން ބަންކަރިން ހިދުމަތްތައް ދެމުން އައިނަމަވެސް ރާއްޖެއިން މިކަމުގައި ކުރިހޯދާނީ ވާދަވެރި މާކެޓެއްގެ ތެރެއިންކަމަށްވެސް އެމްޕީއެލުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.