ޗަޕާކުގައި ދީޕިކާ ފެނިގެންދާ ގޮތް ދެކިލުމަށް ގިނަ ބަޔަކު އެއްވެއްޖެ

05 Apr 2019 | 10:45

ޗަޕާކުގައި ދީޕިކާ ފެނިގެންދާ ގޮތް ދެކިލުމަށް ގިނަ ބަޔަކު އެއްވެއްޖެއެވެ.

ޕަދުމާވަތު އަށްފަހު ދީޕިކާ ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމުގެ "ޗަޕާކް"ގައެވެ. އެފިލްމަކީ އެސިޑް ސަވައިވަރ ލަކްޝްމީ އަގަރަވާލްގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

އެފިލްމުގައި ލަކްޝްމީގެ ރޯލުން ދީޕިކާ ފެނިގެންދާއިރު އެފިލްމުގައި އޭނާއަށް މުޚާތަބު ކުރާނީ މެއިތުލީގެ ނަމުންނެވެ.

އެފިލްމުގައި އޭނާ ފެނިގެން ދާ ގޮތް ދާދިފަހުން ދީޕިކާ ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައެވެ. އެފަހުން އެފިލްމުގެ ސެޓްގައި ނަގާފައިވާ ފޮޓޯތަކެއްވެސް އޭނާ ޝެއާކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ ދީޕިކާގެ ޓްރާންސްފޮމޭޝަން އަށް ތައުރީފުކޮށްފައެވެ. ދީޕިކާގެ މޭކަޕަށްވެސް ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު އެފިލްމަށް އިންތިޒާރުކުރަމުން އަންނަ ވާހަކަވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.

މިހާރު ދީޕިކާ އެފިލްމުގެ ޝޫޓިން ދިއްލީގައި ކުރަމުން އަންނައިރު އޭނާގެ ފިލްމުގެ ޝޫޓިން ކުރިއަށްދާ ސަރަހައްދަށް ގިނަ ބަޔަކު އެއްވިއެވެ. އަދި އެމީހުން އެތަނަށް އެއްވެފައިވަނީ ދީޕިކާ އެފިލްމުގައި ފެނިގެންދާ ގޮތް ދެކިލުމަށް ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.

Advertisement

ކޮމެންޓް

Advertisement