ހައްދުފަހަނައެޅި އިސްރާއީލްގެ ބޮޑުވަޒިރު ނަތަންޔާހޫ ---
ދުނިޔެ
21 Sep 2024 | 14:07
ނަތަންޔާހޫ މަރައިލަން ރޭވި ކަމަށް ބުނެ އިސްރާއީލް މީހަކު ހައްޔަރުކޮށްފި

އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ މަރައިލަން އީރާނުން ރޭވި ރޭވުމުގައި ބައިވެރިވި ކަމަށް ބުނެ އިސްރާއީލް މީހަކު ހައްޔަރުކޮށްފިއެވެ.

އިސްރާއީލުގެ ސަލާމަތީ ޚިދުމަތްތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާއި އެހެން އިސް ވެރިން މަރަން އީރާނުން ރޭވި ރޭވުމެއްގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އިސްރާއީލުގެ ރައްޔިތަކު ވަނީ ހައްޔަރުކޮށްފައެވެ.

އިސްރާއީލުގެ ފުލުހުންނާއި އެތެރޭގެ އިންޓެލިޖެންސް އިދާރާއިން ބުނެފައިވަނީ މި މީހާ ދެފަހަރެއްގެ މަތިން އީރާނަށް ވަދެ، އެކި މިޝަންތައް ކުރިއަށް ގެންދިއުމަށް ފައިސާ ލިބިފައިވާ ކަމަށެވެ. ހައްޔަރުކުރެވުނު މީހާއަކީ ވިޔަފާރިވެރިއެއް ކަމަށާއި، އޭނާ ތުރުކީގައި ދިރިއުޅެފައިވާ ކަމަށާއި، އީރާނަށް ވަނުމަށް ތުރުކީގެ ގުޅުންތަކުގެ އެހީ ލިބިފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މި މަޢުލޫމާތު ހާމަކުރެވުނީ އީރާނާއި އިސްރާއީލާ ދެމެދު ގުޅުން އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ހައްޔަރުކުރެވުނު މީހާގެ ނަން ހާމަކޮށްފައި ނުވިޔަސް، އޭނާ ހައްޔަރުކުރެވުނީ މިދިޔަ މަހުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އޭނާގެ އަމާޒުތަކުގެ ތެރޭގައި އިސްރާއީލުގެ ބޮޑުވަޒީރާއި، ދިފާއީ ވަޒީރާއި، އެތެރޭގެ ސަލާމަތީ އޭޖެންސީ ޝިން ބެޓްގެ އިސްވެރިޔާ ހިމެނެއެވެ.

ތަޙުޤީޤުން އެނގިފައިވާ ގޮތުގައި، މި މީހާ ދެފަހަރެއްގެ މަތިން ތުރުކީގެ ސަމަންދަގް އަށް ދަތުރުކޮށް، "އެޑީ" ކިޔާ އީރާނު ވިޔަފާރިވެރިއަކާ ބައްދަލުކޮށްފައިވެއެވެ. އެޑީއަށް އީރާނުން ބޭރަށް ދިއުމަށް ދަތިވުމާ ގުޅިގެން، އިސްރާއީލުގެ މީހާ ދެފަހަރު އީރާނަށް ވަދެފައިވާ ކަމަށް ތަޙުޤީޤުން ހާމަވެފައިވެއެވެ. އީރާނުގައި އޭނާ އެޑީއާއި އީރާނުގެ ސަލާމަތީ އޮފިޝަލަކާ ބައްދަލުކޮށްފައިވާ ކަމަށް ބެލެވެއެވެ.

ތަހުޤީޤު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެޑީ އިސްރާއީލުގެ މީހާއަށް އެދިފައިވަނީ "އީރާނުގެ އެކި ސަލާމަތީ މިޝަންތައް" އިސްރާއީލުގައި ކުރިއަށް ގެންދިއުމަށެވެ. މީގެ ތެރޭގައި ފައިސާ ނުވަތަ ބަޑިއެއް ފޮނުވުމާއި، އިސްރާއީލުގެ މީސްކޮޅު ސަރަހައްދުތައް ފޮޓޯނަގައި އީރާނުގެ ފަރާތްތަކަށް ފޮނުވުމާއި، އީރާނުން ރެކްރޫޓްކޮށްފައިވާ އެހެން އިސްރާއީލު ރައްޔިތުންނަށް ބިރުދެއްކުން ހިމެނެއެވެ.

އީރާނަށް ކުރި ދެވަނަ ދަތުރުގައި، އީރާނުގެ އިންޓެލިޖެންސް އޭޖެންޓުން އިސްރާއީލުގެ މީހާއަށް އެދިފައިވަނީ އިސްރާއީލުގައި ޓެރަރިސްޓް ހަރަކާތްތައް ހިންގުމަށެވެ. މީގެ ތެރޭގައި ނެތަންޔާހޫއާއި ދިފާއީ ވަޒީރު ޔޯވް ގަލަންޓް، އަދި ޝިން ބެޓްގެ އިސްވެރިޔާ ރޯނަން ބާރު މެރުން ހިމެނެއެވެ.

މި ހުރިހާ މިޝަންތަކަށް އިސްރާއީލުގެ މީހާ އެޑްވާންސްގެ ގޮތުގައި އެއް މިލިއަން ޑޮލަރު ހޯދުމަށް އެދިފައިވާ ކަމަށް ތަޙުޤީޤުން ދައްކައެވެ. އަދި މިހާތަނަށް އޭނާއަށް 5،000 ޔޫރޯ ލިބިފައިވާ ކަމަށް ބެލެވެއެވެ.

ޝިން ބެޓްގެ އިސް އޮފިޝަލަކު ބުނެފައިވަނީ މި މައްސަލައިން ދައްކުވައިދެނީ އީރާނުގެ އިންޓެލިޖެންސް އޭޖެންޓުން އިސްރާއީލުގެ ރައްޔިތުން ރެކްރޫޓްކޮށް، އިސްރާއީލުގައި ޓެރަރިސްޓް ހަރަކާތްތައް ހިންގުމަށް ކުރާ ބޮޑެތި މަސައްކަތްތައް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.