ބޮލީވުޑް ރެސްޓޯރަންޓްގެ އިންޑިއާ ކެއުން
ވިޔަފާރި
23 Sep 2024 | 12:50
ބޮލީވުޑް ރެސްޓޯރަންޓް ކެއުންތައް، މިހާރު އަވަސްފުޑުން އޯޑަރުކޮށްލެވޭނެ

މާވެޔޮމަގުގައި ހުންނަ އިންޑިއާގެ ކެއުންތަކަށް ހާއްސަ ބޮލީވޫޑް ރެސްޓޯރެންޓްގެ ކެފޭގެ މެނޫގައި ހިމެނޭ ކެއުންތައް މިހާރު އޮންލައިން ޕްލެޓްފޯމް "އަވަސްފުޑް" މެދުވެރިކޮށް މިހާރު އޯޑަރުކުރެވޭނެއެވެ.

އަވަސްފުޑް އެޕްލިކޭޝަން މެދުވެރިކޮށް ބޮލީވުޑް ކެފޭގެ ކެއުންތައް އޯޑަރުކުރެވޭއިރު، އަވަސްފުޑް އެޕްލިކޭޝަން މެދުވެރިކޮށް ހުރީ ކޮން އައިޓަމްތަކެއްތޯވެސް ބަލާލެވޭނެއެވެ.

އެހެންކަމުން މިހާރު ބޮލީވުޑް ރެސްޓޯރެންޓުން ޑިނާއެއް ނުވަތަ ލަންޗެއް ނެގުމަށް ކޮންމެހެން އެ ރެސްޓޯރެންޓަކަށް ދާކަށެއް ނުޖެހެއެވެ. އަވަސްފުޑް މެދުވެރިކޮށް އޯޑަރުކޮށްލުމުން އިސާހިތަކު ބުނި ތަނަކަށް އެ އެއްޗެއް ގެންގޮސްދެއެވެ.

"މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށްބޮޑު ލުއިފަސޭހަކަމަކަށްވާނެ. މިހާރު ހުޅުމާލޭގައި އުޅޭ މީހާއަށް މާލެ ނައިސް އަވަސްފުޑް އެޕްލިކޭޝަނުން އޯޑަރު ދިނުމުން އެ އެއްޗެއް ގެންގޮސްދެވޭނެ. ކަސްޓަމަރުންގެ ޝަކުވާއެއް އެއީ އޯޑަރުކުރާ ކާއެއްޗެހި އަވަހަށް ނައުމުގެ މައްސަލަ. އަޅުގަނޑުމެން ޔަގީންކަންދެން ކަސްޓަމަރުން ބޭނުންވާ ވަގުތުގައި އެ އެއްޗެއް ގެންގޮސްދޭނެކަން" 

ބޮލީވުޑް ރެސްޓޯރެންޓުގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް އޮޕަރޭޝަންސް މުހައްމަދު ސަލާމް ވިދާޅުވިއެވެ.

ސަލާމް ވިދާޅުވީ އަވަސްފުޑް މެދުވެރިކޮށް ބޮލީވުޑް ރެސްޓޯރެންޓްގެ ރަހަތައް ގޭގޭ ސިޓީންރޫމްތަކާ ހަމަޔަށް ގެންގޮސްދިނުމުގެ މައިގަނޑު މަގްސަދަކީ ރެސްޓޯރެންޓްގެ ރަހަތަށް ބޭނުންވާ އެންމެނަށްވެސް އެފުރުސަތު ފޯރުކޮށްދިނުންކަމަށެވެ.

މިގޮތުން ހިނގާބިނގާވެ އުޅުމަށް އުނދަގޫވާ މީހުންނާއި، އެހެންވެސް ސަބަބުތަކާހުރެ ގެއިން ބޭރަށް ނުދެވޭ ފަރާތްތަކަށް އަވަސްފުޑް މެދުވެރިކޮށް ބޮލީވޫޑް ކެފޭއިން ތައްޔާރުކުރާ ކެއުންތައް ގެންގޮސްދިނުމުގެ އިންތިޒާމް ހަމަޖެއްސީ މި ސަބަބަށްޓަކައި ކަމަށް ސަލާމް ފާހަގަކުރެއްވިއެވެ.

ބޮލީވުޑްރެސްޓޯރެންޓަކީ އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. ހިތްގައިމު ޑިޒައިނަކަށް ފަރުމާކޮށްފައިވާ މި ރެސްޓޯރެންޓުން އިންޑިއާގެ ތަފާތު ރަހަތަށް ލިބެންހުރެއެވެ. މީގެ ތެރޭގައި އެކި ވައްތަރުތަކުގެ ބިރިއާނީ، ތަންދޫރީ ޗިކަން، ބަޓަރޗިކަންގެ އިތުރުންވެސް ތަފާތު ވައްތަރުތަކުގެ ޑިޝް ހިމެނެއެވެ.

އިންޑިއާގެ ކެއުންތައް މިހާރު ދިވެހިންގެ މެދުގައިވެސް ނިކަން މަޤްބޫލެވެ. ބޮލީވޫޑް ކެފޭގެ މަޤްސަދަކީ އިންޑިއާގެ އޮރިޖިނަލް ރަހަތަކާއެކު ކަސްޓަމަރުންނަށް އަތްފޯރާ ފަށުގައި ކެއުންތައް ލިބޭނޭ މަގު ތަނަވަސްކޮށްދިނުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.