އިންޑިޔާ މޯލްޑިވްސް ބިޒްނެސް ފޯރަމްގެ ތެރެއިން: ފޮޓޯ/ އިކޮނަމިކް މިނިސްޓްރީ
ހަބަރު
08 Oct 2024 | 09:44
ރުޕޭ ކާޑުގެ ޚިދުމަތުގެ ސަބަބުން ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވެގެން ދާނެކަން: އިކޮނަމިކް މިނިސްޓްރީ

ރުޕޭ ކާޑުގެ ޚިދުމަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ކުރެވޭ މާލީ މުއާމަލާތުތައް ފަސޭހަކުރެވި ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އިގްތިސާދީ ތަރައްގީއާއީ ވިޔަފާރިއާ ބެހޭ ވުޒާއިން ބުނެފިއެވެ.

ރާއްޖެއަށް އިންޑިޔާގެ ރުޕޭ ކާޑު އިފްތިތާޙް ކުރުމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި އިގްތިޞާދީ ތަރައްގީއާބެހޭ ވުޒާރާއިން ބުނީ, ރުޕޭ ކާޑުގެ ޚިދުމަތަކީ ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކޮށް ވިޔަފާރީގެ މުއާމަލާތް ތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް އަދި ވިޔަފާރީގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި އިންޑިއާގެ ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށާ މި ކާޑުގެ ސަބަބުން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ފަސޭހަކަމާއިއެކު ފައިސާގެ މުއާމަލާތުތައް ހިންގުމަށް މަގުފަހިވާނެކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މިއާއެކު އެ ބަޔާނުގައި ބުނީ އިންޑިއާއަކީ ރާއްޖޭގެ ވިޔަފާރީގައި މުހިންމު ބައިވެރިއަކަށް ވުމުން މި ކާޑުގެ ޚިދުމަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ކުރެވޭ މާލީ މުއާމަލާތުތައް ފަސޭހަކުރެވި ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވެގެން ދާނެކަމަށާ، ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އިންޑިއާޔާއެކު މަސައްކަތްކުރުމަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. 

އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން، ރުޕޭ ކާޑުގެ ޚިދުމަތަކީ ޒަމާނީ ފައިސާގެ ނިޒާމުތަކާއި ޕޭމެންޓް ވޮލެޓްތަކުގެ އިތުރުން ޑިޖިޓަލް ފައިނޭންސް ސިސްޓަމްތައް ރާއްޖެއަށް ގެނައުމާއި ތައާރަފުކުރުމަށް ރައީސް ކުރައްވާ މަސައްކަތުގެ ތެރެއިން މަސަައްކަތެކެވެ.

އަދި މިފަދަ ޑިޖިޓަލް ޕޭމެންޓް ސިސްޓަމްތަކާއި ޚިދުމަތްތައް ފުޅާކުރުމުގެ މަގުސަދުގައި ދިވެހި ސަރުކާރާއި ނެޝެނަލް ޕޭމެންޓް ކޯޕަރޭޝަން އޮފް އިންޑިއާ އެންޕީސީއައި އާއެކު އެމްއޯޔޫއެއްގައި މިހާރު ސޮއިކޮށް މަސައްކަތް ކުރެވެމުިން ދާކަންވެސް ފާހަގަކޮށްފައިވެއެވެ.

ރުޕޭ ކާޑް ރާއްޖޭގައި ބޭނުންކުރުން އިފްތިތާހްކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. 

އެންމެ ފުރަތަމަ ޓްރާންސެކްޝަން ކާޑު ބޭނުންކޮށްގެން ކޮށްފައިވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގައެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.