އެމްޑީޕީން މީގެ ކުރިން ބޭއްވި ޖަލްސާއެއް... ފައިލް ފޮޓޯ
ހަބަރު
08 Oct 2024 | 16:35
"ލާމަރުކަޒީ ގުޅުން" ނަމުގައި އެމްޑީޕީން ހާއްސަ ކޮންފަރެންސެއް ބާއްވަނީ

"ލާމަރުކަޒީ ގުޅުން" ނަމުގައި އެމްޑީޕީން ހާއްސަ ކޮންފަރެންސްއެއް ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސާ ބެހޭގޮތުން ވާހަކަދައްކަވަމުން އެމްޑީޕީގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ, އެޕާޓީން ކޮންފަރެންސެއް ބޭއްވުމަށް ނިންމުމުގެ އެއް ބޭނުމަކީ، ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމަށް ކުރަމުންގެންދާ ކަންކަމުގެ މައުލޫމާތު ކައުންސިލްތަކާ ހިއްސާކުރުމަށް ކަމަށެވެ.

މިގޮތުން މިކަމަށް އެމްޑީޕީން ބޮޑު ތިލަދުންމައްޗަށް ދަތުރެއް ކުރުމަށް ނިންމާފައިވާކަމަށާއި، މި ދަތުރުތައް ކުރިއަށްދާނީ، އޮކްޓޯބަރުމަހުގެ 10 އަކުން 15 ގެ ނިޔަލަށެވެ. އެމްޑީޕީން ވަނީ މި ދަތުރުގައި ބޮޑުތިލަދުންމަތީގެ ށ، ހއ، ހދ އަތޮޅުގެ ރަށްތަކަށް ދިއުމަށް ނިންމާފައެވެ. ހުރިހާ ރަށަކަށް ނުދެވުނު ނަމަވެސް އެމްޑީޕީގެ އަމާޒަކީ ވީހާވެސް ގިނަ ރަށްތަކަކަށް ގޮސް އާއްމުންގެ ހިޔާލު ހޯދުންކަމަށް ބިގޭ ވިދާޅުވިއެވެ.

މިދަތުރުތަކުގައި އެމްޑީޕީ ހިންގުމާއި ގުޅޭގޮތުން ޕާޓީގެ މެމްބަރުންގެ ހިޔާލު ހޯދުމަށް ނިންމާފައިވާކަމަށްވެސް ބިގޭ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖެ ތަރައްޤީކުރުން ކަމަށެވެ. އެއްތަނަކަށް މީހުން ޖަމާކޮށް ރާއްޖެ ތަރައްޤީކުރުމަކީ އެމްޑީޕީން ތާއީދުކުރާނޭ ސިޔާސަތެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ގެންދަނީ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން.މިކަމުގައި ކައުންސިލްތަކުގެ ކަންބޮޑުވުން ވަރަށްބޮޑަށް އެބަހުރި

ނިޔާޒް ވިދާޅުވިއެވެ

ނިޔާޒު ވިދާޅުވީ މިވީ ދުވަސްތަކުގައި އެމްޑީޕީއާ ޕާޓީގެ މެމްބަރުންނާ އޮންނަގުޅުން އެންމެ ރަނގަޅަށް ބޭއްވިފައި ނުވާކަމަށާއި، ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންފަރެންސްގެ ސަބަބުން އެގުޅުން ރަނގަޅުވެގެން ދާނޭކަމަށް އުއްމީދުކުރާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.