ނިއުދިއްލީގައި ކުރިއަށްދިޔަ އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން..
ހަބަރު
08 Oct 2024 | 22:28
އިންޑިއާގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްތަކުގެ ނަތީޖާ ދާދިއަވަހަށް ފެނިގެން ހިނގައިދާނެ: ފައިސަލް

އިންޑިއާގަައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގެ ނަތީޖާ ދާދިއަވަހަށް ފެނިގެން ދާނޭކަމަށް، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަވައްޓެރި އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެރިރަށް ނިއުދިއްލީގައި އިއްޔެ ވަނީ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ނަމުގައި ފޯރަމެއް ބޭއްވާފައެވެ. އަދި މިއަދު މުމްބާއީގައިވެސް ވަނީ ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށް ފޯރަމެއް ކުރިއަށްގެންގޮސފައެވެ. މީގެ ތެރެއިން ނިއުދިއްްްލީގައި ބޭއްވި ފޯރަމް ކުރިއަށްގެންދިޔައީ އިންޑިއާގެ އެކިދާއިރާތަކުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެވިގެންނެވެ.

ރައީސްގެ އިންޑިއާ ދަތުރުފުޅާ ގުޅޭގޮތުން މީޑިއާތަކާ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ، އިންޑިއާގައި ބޭއްވުނު އިންވެސްޓަރ ފޯރަމްތައް ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކަށް ބަލައިގެން އެކަންކަން ހާސިލްވާގޮތަށް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އެއް ވައުދެއް އެއީ ރާއްޖޭގައި ހޮޓެލް ސްކޫލެއް ގާއިމްކުރުން. އަޅުގަނޑުމެން ވަރަށް ބޭނުން މި 5 އަހަރުތެރޭ އެކަން ހާސިލްކުރަން. މިކަން ކުރުމަށް އިންޑިއާގެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކާއެކު މިކަމުގެ މަޝްވަރާތައް ކުރިއަށްދާނެ. މީގެ އިތުރުން އައްޑޫގެ އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓާއި ލ.އަތޮޅުގެ އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓްވެސް މިކަހަލަ އިންވެސްޓް ފޯރަމްގެ ތެރެއިން އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރެވިގެންދާނެ

ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ވަރަށް ވަރުގަަދަ އިންވެސްޓަރުން ބައިވެރިވި ކަމަށާއި، އޭގެ ތެރެއިން ބައެއް ވިޔަފާރިވެރިން ރާއްޖެ ދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

ރައީސްގެ މި ދަތުރުފުޅާ ގުޅިގެން ރާއްޖެއަށް ވަރަށްގިނަ ފުރުސަތުތަކެއް ފަހިވެގެންދާނޭކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓްގެ މަސަައްކަތް ނިމިގެންދާއިރު، މި އިންްްވެސްޓްމަންޓް ފޯރަމްގެ ތެރެއިން އެހިސާބުގައި ޓޫރިޒަމަށް ތަރައްޤީ ރިސޯޓްތައް ހެދުމަށް އިންވެސްޓަރުން ހޯދިގެންދާނޭކަމަށެވެ.

ފައިސަލް ވިދާޅުވީ މިފަހަރު އިންޑިއާގައި ބޭއްވި ފޯރަމްތަކުގެ ނަތީޖާ ދާދި އަވަހަށް ފެނިގެންދާނޭކަމަށާއި، އެކަމަށް ސަރުކާރުން މިހާރުވެސް ބުރަ މަސައްކަތްތަކެއްވެސް ކުރަމުންދާކަމަށެވެ.

ނިއުދިއްލީގައި ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ތަގުރީރުކުރައްްވަމުން ރައީސް ޑރ.މުއިއްޒު ވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ އިތުރުން، މާލީ ޚިދުމަތްތަކާއި، މެރިޓައިމް ސިނާޢަތާއި، ޑިޖިޓަލް އިޤްތިޞާދު ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިޤްތިޞާދު ސިންދަފާތުކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.