ޝެއިޚް ޝުޢައިބު ނާޒިމް: ފޮޓޯ/ ދާރިސް ޓީވީ
ހަބަރު
09 Oct 2024 | 09:40
”ހިލޭ އަންހެނުންނާއި ފިރިހެނުން އެކަހެރިވާ ގޮތަށް ޑިޔުޓީ ހަމަޖެއްސުމުން ފާފަވެރިވާނެ؛ ޤިޔާމަތްދުވަހުން ޒިންމާނަގަން ޖެހޭނެ“

ހިލޭ އަންހެނުންނާއި ފިރިހެނުން އެކަހެރިވެ ގާތްގޯޅިވުމަކީ ފާފައަކަށް މަގުފަހިވެދާނެ ކަމެއް ކަމަށާ، ވުމާއެކު އެފަދަ ގޮތަށް ޑިޔުޓީ ހަމަޖެއްސުމަކީ ފާފަވެރިވާނެ ކަމެއް ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝެއިޚް ޝުޢައިބު ނާޒިމް ވިދާޅުވެއްޖެއެވެ. 

ދާރިސް ޓީވީން ގެނެސްދޭ ޢިލްމީ ޚަޒާނާގެ ރޭގެ އެޕިސޯޑުގައި، މި މައުޟޫއަށް އަލިއަޅުވާ ލައްވައި ވާހަކަ ދައްކަވަމުން ޝެއިޚް ޝުޢައިބު ވަނީ، ރަސޫލާ ޞޢވ ގެ ހަދީޘްފުޅުގެ އަލީގައި، ހިލޭ އަންހެނަކާއި ފިރިހެނަކު އެކަހެރިވުމުގެ ނުރައްކާތެރި ކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. 

ރަސޫލާ ޞޢވ ގެ ޙަދީޘް ބަސްފުޅުތަކުން އެބަ އެނގޭ، ހިލޭ އަންހެނަކާއި ފިރިހެނަކު އެކަހެރިވެއްޖެނަމަ ތިންވަނަ މީހަކަށް އެތަނުގައި ހުންނާނެއޭ ޝައިޠޯނާ. މާނައަކީ އެދެމީހުން ކޮންމެވެސް ނުބައި މަގަކުން ގެންދިޔުމަށް ވަސްވާސްދީ، އެދެމީހުން މަގުފުރެއްދުމަށްޓަކައި، ނުވަތަ އެދެމީހުން، އެދެމީހުންގެ ފިރިން ނުވަތަ އަނބިންނަށް ޚިޔާނާތްތެރި ކަމަކަށް މަގުފަހި ކުރުމަށް، ނުވަތަ ފާޙިޝްކަމަކަށް މަގުފަހިކުރުމަށް ޝައިޠޯނާ އެތަނަށް އަންނާނެ ކަމަށް

އައްޝެއިޚް ޝުޢައިބު ނާޒިމް 

ޝެއިޚް ވިދާޅުވިގޮތުގައި، ސައިކަލެއް ނުވަތަ ކާރެއްގައި ނަމަވެސް ހިލޭ އަންހެނަކާއި ފިރިހެނަކު އެކަހެރިވެ ޑިޔުޓީ އަދާ ކުރެވޭ ގޮތަށް، ތިބުމާއި، ކައުންޓަރެއް ކައިރީގައި ނަމަވެސް ދެމީހުން އެކަހެރިވެ ޑިޔުޓީ ކުރެވޭގޮތަށް ތިބުންވެސް އެކަހެރިވުމުގެ މާނާގައި ހިމެނޭ ކަމަށެވެ. 

ސައިކަލުގައި އެއްކޮށް ދަތުރުކުރާ ވާހަކަ ބުނީމާ، ރަސޫލާ ޞޢވ ގެ ހަދީޘް ބަސްފުޅެއްގެ މާނާގައިވޭ، ހިލޭ އަންހެނެއްގައިގައި އަތްލުމަށްވުރެ އޭނާއަށް ހެޔޮކަން ބޮޑޭ އޭނާގެ ބޮލަށް ތިނޯސްތައް ހެރުންވެސް. ސައިކަލުގައި ދަތުރު ކުރާއިރު އަތް ލުމުގެ އިތުރުން ގައިގައި ޖެހުންވެސް އެކަށީގެންވޭ. ދަންޔޫސަކު ނޫނީ ބޭނުމެއްނުވާނެ އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ ހިލޭ މީހެއް ގައިގައި ޖެހޭކަށް.

އައްޝެއިޚް ޝުޢައިބު ނާޒިމް 

ރޭގެ ޢިލްމީ ޚަޒާނާ ޕްރޮގްރާމުގެ ތެރެއިން: ފޮޓޯ/ ދާރިސް ޓީވީ

”އެހެންކަމުން، އެއީ ( ހިލޭ އަންހެނުންނާ ފިރިހެނުން އެކަހެރިވާ ގޮތަށް ޑިޔުޓީ ހެދުން) ފާފަވެރިވާނެ ކަމެއް. ފާފައަކަށް މަގުފަހިކޮށްދިނުމަކީ އެކަމަކަށް މަގުފަހިކޮށްދޭ މީހަކުވެސް އެކަމުގެ ސަބަބުން ފާފަވެރިވާނެ ކަމެއް ކަމަށް ރަސޫލާ ޞޢވ ގެ ހަދީޘް ބަސްފުޅުތަކުން އެނގޭ. މުންކަރާތަކަށް މަގުފަހި ކުރި މީހާ، އެ މުންކަރާތް ކުރި މީހުންނެކޭ އެއްފަދަވެގެން އެބަދޭ“ ޝެއިޚް ވިދާވިއެވެ.

ކަންމިހެން ހުރުމުން ހިލޭ އަންހެނަކާއި ފިރިހެނަކު އެކަހެރިވެ ވަޒީފާ ނުކުރެވޭ ގޮތަށް ކަންކަން ހަމަޖެއްސެން އޮއްވައި އެނޫން ގޮތަކަށް، ”އިސްލާމް ދީނުގެ މިންގަނޑުތަކާ ޚިލާފަށް“ ކަންކަން ހަމަޖެއްސުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެ ޝެއިޚް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތެރެއިން، މުވައްސަސާ ތަކުގެ އިސް ބޭފުޅުންގެ ތެރޭގައި ތިބި ބޭފުޅުން އެބަޖެހޭ، އެބޭފުޅުންނާ ސުވާލު ކުރެވޭނެކަން، މިފަދަ ބަޔަކު ފާޙިޝް އަމަލު ކުރީމާ، އެމީހުންގެ ބޮލުގައިވެސް އެ ފާފަ އެޅޭނެ. ޤިޔާމަތް ދުވަހުން ސަލާމަތެއް ނުވާނެ، އެބޭފުޅުންގެ ސަބަބުން ޢާއިލާ ރޫޅުނީ، ނުވަތަ ބަޔަކު ފާހިޝް ޢަމަލަށް އަރައިގަތީ، އެހެންވީމާ މުވައްސަސާ ތަކުގެ ވެރިން، ޤިޔާމަތް ދުވަހުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ.

އައްޝެއިޚް ޝުޢައިބު ނާޒިމް 

އެހެންކަމުން، އިސްލާމީ އުސޫލުތަކާއެއްގޮތަށް ކަންކަންބަދަލު ކުރުމަށް ޝެއިޚް ވަނީ މުވައްސަސާތަކުގެ ވެރިންނަށް ނަޞޭޙަތްތެރިވެފައެވެ. 

ކޮމެންޓް
ާއަލީ
މިހާރުވަރަށްގިނައިންފެނޭ ޕޮލިސް ފިރިހެންކުދިންނާ އަންހެންކުދިން ޑިޔުޓީގާ ސައިކަލުގަ ދުއްވާތަން
09 Oct 2024
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.