އެމްޑީޕީ ގައުމީ މަޖިލިސް ޖައްލސާއެއްގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
ހަބަރު
09 Oct 2024 | 11:14
”ލާމަރުކަޒީ ގުޅުން“ ނަމުގައި އެމްޑީޕީ އިން ޚާއްސަ ކޮންފަރެންސެއް ބާއްވަނީ

"ލާމަރުކަޒީ ގުޅުން" ނަމުގައި އެމްޑީޕީ އިން ޚާއްސަ ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

އެގޮތުން ބިގޭ ވިދާޅުވީ، މިމަހު 10 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހަށް އެމްޑީޕީގެ ޓީމުތައް ބޮޑުތިލަދުންމައްޗަށް ޚާއްސަ ދަތުރެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ށ، ހއ އަދި ހދ އަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުތަކުގެ ތެރެއިން ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާއި، ލާމަރިކަޒީ ނިޒާމްގެ ބާރު ކެނޑެމުންދާތީ އެކަމާއި މެދު މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަދި އެކަމާއި ގުޅޭގޮތުން އެ ތިން އަތޮޅުގެ ކައުންސިލަރުންނާއި ހުރިހާ ސިޓީތަކުގެ މޭޔަރުން ހިމެނޭހެން ކުޅުދުއްފުށީގައި ޚާއްސަ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ކޮންފަރެންސްގައި މި ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު އާއި އެމްޑީޕީގެ ޗެއަރޕަރސަން އާއި އެމްޑީޕީގެ ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބިގޭ ވިދާޅުވިއެވެ.

މީގެ އިތުރުން އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވިގޮތުގައި، މި ކޮންފަރެންސާއި އެކު އެޕާޓީ އާއި ކައުންސިލްތަކާއި ގުޅުން ރަނގަޅުވާނެ ކަމަށް އުންމީދުކުރެވެއެވެ.

އަދި މިއީ ސިލްސިލާ ކޮންފަރެންސްތަކެއް ކަމަށް ވެސް ނިޔާޒް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ދަތުރުގެ ތެރެއިން ޕާޓީ ހިންގުމާއި މެދު އާއްމުންގެ ޚިޔާލު ހޯދުމަށް މަޝްވަރާކުރާނެ ކަމަށްވެސް ބިގޭ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ