ގައްޒާގައި ހަރަކާތްތެރިވަމުންދާ، ދެ ނޫސްވެރިއަކު... ފޮޓޯ/ އޭއެފްޕީ
ހަބަރު
09 Oct 2024 | 19:47
ނިރުބަވެރިންގެ ހަމަލާ މިފަހަރު އަމާޒުކުރީ، އަލްޖަޒީރާގެ ކެމެރާމަނަށް

އިޒްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި ސިފައިން ގައްޒާއަށް ދިން ބަޑީގެ ހަމަލާތަކެއްގައި އަލް ޖަޒީރާގެ ކެމެރާމަނެއް ޒަހަމްވެއްޖެއެވެ.

މިކަން އަލް ޖަޒީރާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަލް ޖަޒީރާއިން ބުނީ، ނިރުބަވެރިން ގައްޒާގެ އުތުރަށް ދިން ބަޑީގެ ހަމަލާތަކުގައި އަލް ޖަޒީރާގެ ފާދީ އަލް ވަހީދީ ވަރަށްބޮޑަށް ޒަހަމްވެފައިވާކަމަށެވެ. ކެމެރާމަން ގަޔަށް ވަޒަން އަރާފައިވަނީ ސްނިޕަރަކުދިން ހަމަލާއަކުންކަމަށް އަލް ޖަޒީރާއިން ވަނީ ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅިގެން އިޒްރާއީލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. 

ނިރުބަވެރިން މިހާރު ދަނީ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ވަދެ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަނުގައި ގޮތެއްފޮތެއް ނުބަލައި ބައެއް މީހުންނަށް ހަމަލާތައް ދެމުންދާކަމަށް އަލްޖަޒީރާއިން ބުނެއެވެ.

ނިރުބަވެރިންގެ މިފަހުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިމިވަނީ، ހިޒްބުﷲ އިން ނިރުބަވެރިންނަށް ދޭ ހަމަލާތައް ވަރުގަދަ ކޮށްފައިވަނިކޮށްކަމަށް މެދުއިރުމަތީގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ނިރުބަވެރިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިފަހުން ފެށި ހަނގުރާމައިގެ ޖަރީމާތަކަށް އަހަރެއް ވެފައިވާއިރު، 42,000 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 16،756 ކުޑަކުދިން ހިމެނޭއިރު، އަންހެނުންގެ އަދަދަކީ 11،346 އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Aug 2026
ރާޔާ އެއާވޭސް އިން ވީއައިއޭއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ސީދާ ގުޅުމެއް ގާއިމުކުރުމަށް ފެށި ދަތުރުތަކެކެވެ.
14 Aug 2026
ތިނަދޫ އެއާޕޯޓް މަޝްރޫއުއަކީ އެންމެ މުހިންމު ވައުދު، ވަރަށް އަވަހަށް ފެށޭނެ: ރައީސް
"ތިނަދޫގައި އެއާޕޯޓުގެ މަޝްރޫއަކީ އަޅުގަނޑުގެ އެންމެ މުހިއްމު ވައުދު އިރާދަކުރެއްވިއްޔާ އެ މަޝްރޫއުވެސް ވަރަށް އަވަހަށް ފެށިގެންދާނެ," ރައީސް ވިދާޅުވި އެވެ.
14 Aug 2026
ބޮޑުތަކުރުފާނު މަގުގައި ހަރުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަންފަށައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެ ސަރަޙައްދުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގާއިމުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަން ފަށައިފިއެވެ.
14 Aug 2026
އަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެ
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އެޕިސޯޑް ޚާއްޞަކުރެވިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ.
14 Aug 2026
ޑީއެންއޭ ޓެސްޓަކުން، ދެ އެކުވެރިންނަކީ އެއްބަނޑު އެއްބަފާ ދެބެއިންކަން ހާމަވެއްޖެ
މީނާ ގެލްޓިންކް (43 އަހަރު) އަދި މިނާލް ޓިޖްސަން (44 އަހަރު) އަކީ ތުއްތުއިރު އިންޑިއާގެ ޔަތީމުޚާނާއަކަށް ދޫކޮށްލާފައި ތިއްބާ، ނެދަލޭންޑްސްގެ ދެ އާއިލާއަކުން ބަލައިގަނެގެން އެ ގައުމުގައި ބޮޑުވި ދެމީހުންނެވެ. އެމީހުން ބޮޑުވަމުން އައީ އެކަކު އަނެކަކާ މާ ދުރު ނޫން ސަރަހައްދުތަކެއްގައެވެ.
14 Aug 2026
ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެ
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ، އެ އޮތޯރިޓީން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެކެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ފާއިތުވި ޖުލައި މަހަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަން ކަމަށް ވުމާއެކު، އެމްއެމްއޭއަށް ލިބުނު ބޭރުފައިސާގެ އަދަދު ދަށްވުމެވެ.
14 Aug 2026
ޑރ. ހައްމާދު އައިޖީއެމްއެޗާ ގުޅިވަޑައިގެންފި
އައިޖީއެމްއެޗުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ދާއިރާއިން ރާއްޖޭގައި ހުރި ފުރަތަމަ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް ޑރ. ހައްމާދު އާދަމް އަލުން އެ ހޮސްޕިޓަލުގެ ޓީމާ ގުޅިފައިވާ ކަމަށެވެ.
14 Aug 2026
ސުންނަތަކީ ނުކުރިއަސް ވަރިހަމަ ކަންކަން ކަމަށް ހީކުރުމަކީ ބޮޑު އޮޅުމެއް
އިންސާނުން ދުނިޔޭގައި އުޅުމަށް މާތް الله ޚިޔާރުކުރައްވާފައިވާ ދީނަކީ އިސްލާމްދީންކަން ފާހަގަކޮށް، ޚުތުބާގައި ބުނީ އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތް ކަމަށެވެ. މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއެއް ނުލިބޭނެއެވެ.