އެމްޑީޕީ ލާމަރުކަޒީ ކޮންފަރަންސްގެ ތެރެއިން
ހަބަރު
12 Oct 2024 | 12:00
އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރަންސް ފަށައިފި

އެމްޑީޕީގެ ފަރާތުން ބޭއްވުމަށް ނިންމި "ލާމަރުކަޒީ ގުޅުން" ކޮންފަރަންސް ފަށައިފިއެވެ.

ލާމަރުކަޒީ ކޮންފަރަންސް ފަށާފައިވަނީ މިއަދު ހެނދުނު ކުޅުދުއްފުށީ ސިޓީގައެވެ. އަންނަ އަންގާރަދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރަންސް އެކި ރަށްތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރަންސްސަކީ މި ސަރުކާރުން، ލާމަރުކަޒީ ބާރުތައް ކަނޑުވާލަމުންދާތީ އެމްޑީޕީން ކުރިއަށްގެންދާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި އެމްޑީޕީއަށް ނިސްބަތްވާ އެޕާޓީގެ އިސް ފަރާތްތަކުން ބައިވެރިވާއިރު، މި ކޮންފަރެންސްގެ ތެރެއިން ޕާޓީގެ މެމްބަރުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށްދާނޭކަމަށް އެމްޑީޕީން ބުނެއެވެ.

ލާމަރުކަޒީ ކޮންފަރެންސް އާ ގުޅޭގޮތުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރާއްޖެ ތަރައްޤީކުރުން ކަމަށެވެ. އެއްތަނަކަށް މީހުން ޖަމާކޮށް ރާއްޖެ ތަރައްޤީކުރުމަކީ އެމްޑީޕީން ތާއީދުކުރާނޭ ސިޔާސަތެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެނާ ވަނީ މިވީ ދުވަސްތަކުގައި އެމްޑީޕީއާ ޕާޓީގެ މެމްބަރުންނާ އޮންނަގުޅުން އެންމެ ރަނގަޅަށް ބޭއްވިފައި ނުވާކަން ފާހަގަކުރައްވައި،  މިކޮންފަރެންސްގެ ސަބަބުން އެގުޅުން ރަނގަޅުވެގެން ދާނޭކަމަށް އުއްމީދުކުރާކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީން ވަނީ މި ދަތުރުގައި ބޮޑުތިލަދުންމަތީގެ ށ، ހއ، ހދ އަތޮޅުގެ ރަށްތަކަށް ދިއުމަށް ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Aug 2026
ބޮޑުތަކުރުފާނު މަގުގައި ހަރުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަންފަށައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެ ސަރަޙައްދުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގާއިމުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަން ފަށައިފިއެވެ.
14 Aug 2026
އަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެ
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އެޕިސޯޑް ޚާއްޞަކުރެވިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ.
14 Aug 2026
ޑީއެންއޭ ޓެސްޓަކުން، ދެ އެކުވެރިންނަކީ އެއްބަނޑު އެއްބަފާ ދެބެއިންކަން ހާމަވެއްޖެ
މީނާ ގެލްޓިންކް (43 އަހަރު) އަދި މިނާލް ޓިޖްސަން (44 އަހަރު) އަކީ ތުއްތުއިރު އިންޑިއާގެ ޔަތީމުޚާނާއަކަށް ދޫކޮށްލާފައި ތިއްބާ، ނެދަލޭންޑްސްގެ ދެ އާއިލާއަކުން ބަލައިގަނެގެން އެ ގައުމުގައި ބޮޑުވި ދެމީހުންނެވެ. އެމީހުން ބޮޑުވަމުން އައީ އެކަކު އަނެކަކާ މާ ދުރު ނޫން ސަރަހައްދުތަކެއްގައެވެ.
14 Aug 2026
ޖުލައި މަހު އެމްއެމްއޭއިން ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެ
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ، އެ އޮތޯރިޓީން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެކެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ފާއިތުވި ޖުލައި މަހަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަން ކަމަށް ވުމާއެކު، އެމްއެމްއޭއަށް ލިބުނު ބޭރުފައިސާގެ އަދަދު ދަށްވުމެވެ.
14 Aug 2026
ޑރ. ހައްމާދު އައިޖީއެމްއެޗާ ގުޅިވަޑައިގެންފި
އައިޖީއެމްއެޗުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ދާއިރާއިން ރާއްޖޭގައި ހުރި ފުރަތަމަ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް ޑރ. ހައްމާދު އާދަމް އަލުން އެ ހޮސްޕިޓަލުގެ ޓީމާ ގުޅިފައިވާ ކަމަށެވެ.
14 Aug 2026
ސުންނަތަކީ ނުކުރިއަސް ވަރިހަމަ ކަންކަން ކަމަށް ހީކުރުމަކީ ބޮޑު އޮޅުމެއް
އިންސާނުން ދުނިޔޭގައި އުޅުމަށް މާތް الله ޚިޔާރުކުރައްވާފައިވާ ދީނަކީ އިސްލާމްދީންކަން ފާހަގަކޮށް، ޚުތުބާގައި ބުނީ އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތް ކަމަށެވެ. މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއެއް ނުލިބޭނެއެވެ.
14 Aug 2026
ރައީސަށް ޝަކުވާ: ސުކޫލުތަކުގެ ފާހާނަތައް ހަޑި، ޑެސްކުތަކުގައި ހުތުރު އެއްޗެހި ލިޔެފައި
ރައީސް ވަނީ އެކަންކަން އެހެން ވެގެން ނުވާނެކަން ފާހަގަކޮށް އެ މައްސަލަތައް ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.
14 Aug 2026
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.