މީނާ އައި މިނާލް-
ދުނިޔެ
14 Aug 2026 | 15:21
ޑީއެންއޭ ޓެސްޓަކުން، ދެ އެކުވެރިންނަކީ އެއްބަނޑު އެއްބަފާ ދެބެއިންކަން ހާމަވެއްޖެ

އިންޑިއާގެ ޔަތީމުޚާނާއެއްގައި ތިއްބާ ނެދަލޭންޑްސްގެ ދެ އާއިލާއަކުން އެޑޮޕްޓްކުރި ދެ އަންހެން ކުއްޖަކީ، އެކަކު އަނެކަކަށް ނޭނގި އުޅެމުންދިޔަ އެއްބަނޑު އެއްބަފާ ދެބެއިންކަން 40 އަހަރު ފަހުން ޑީއެންއޭ ޓެސްޓަކުން ކަށަވަރުވެއްޖެއެވެ.

މީނާ ގެލްޓިންކް (43 އަހަރު) އަދި މިނާލް ޓިޖްސަން (44 އަހަރު) އަކީ ތުއްތުއިރު އިންޑިއާގެ ޔަތީމުޚާނާއަކަށް ދޫކޮށްލާފައި ތިއްބާ، ނެދަލޭންޑްސްގެ ދެ އާއިލާއަކުން ބަލައިގަނެގެން އެ ގައުމުގައި ބޮޑުވި ދެމީހުންނެވެ. އެމީހުން ބޮޑުވަމުން އައީ އެކަކު އަނެކަކާ މާ ދުރު ނޫން ސަރަހައްދުތަކެއްގައެވެ.

މި ދެމީހުންނަށް އެންމެ ފުރަތަމަ ބައްދަލުވީ 1996 ވަނަ އަހަރު، އެޑޮޕްޓްކޮށްފައިވާ ކުދިންނަށް ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ. އެ ދުވަސްވަރު އެމީހުން ދިރިއުޅެމުން ދިޔައީ އެންމެ 130 ކިލޯމީޓަރު ދުރުގައެވެ. ފުރަތަމަ ބައްދަލުވުމުންވެސް ދެމީހުންގެ މެދުގައި ވަރުގަދަ ގުޅުމެއް އުފެދުނު އިރު، އެމީހުންގެ ސިފަ އެއްގޮތްކަމުން އެކުވެރިންވެސް އޭރު ހައިރާންވިއެވެ. އެ ދުވަސްވަރު ސަމާސާއަކަށް އެކަކު އަނެކަކަށް "ސިސް"ގެ ނަމުން މުޚާތަބުކޮށް ސިޓީ ބަދަލުކޮށް އުޅުނު ނަމަވެސް، ފަހުން 15 އަހަރު ވަންދެން އެކަކު އަނެކަކާ ގުޅުން ކެނޑިފައި އޮތެވެ.

މީނާއާއި މިނާލް

އެފަހުން މިދިޔަ އޭޕްރީލް މަހު "މައިހެރިޓޭޖް ޑީއެންއޭ" މެދުވެރިކޮށް ހެދި ޓެސްޓަކުން ދެއްކި ގޮތުގައި މި ދެމީހުންގެ ޑީއެންއޭ 100 އިންސައްތަ ދިމާވެއެވެ.

ފްރާންސްގައި ދިރިއުޅޭ މިނާލް ބުނީ، އޭނާ ބޮޑުވީ އާއިލީ ލޯތްބާއެކު ކަމުގައި ވިޔަސް، އަބަދުވެސް ހިތުގެ ކޮންމެވެސް ކަނެއްގައި ފޫނުބެއްދޭ ފަދަ އެކަނިވެރިކަމެއް އިހުސާސް ކުރެވޭ ކަމަށެވެ. އަދި ޑީއެންއޭ ނަތީޖާ ލިބުމުން، އެއީ ކުރިން ބައްދަލުވި އެކުވެރިޔާކަން އެނގުމުން ގަބޫލުކުރަން ދަތިވި ކަމަށް އޭނާ ބުންޏެވެ.

މީނާ ބުނި ގޮތުގައި، މި ހަގީގަތް އެނގުމަކީ އޭނާގެ ހިތުގައި އުފެދިފައިވާ ހުސްކަން ފުރިގެން ދިޔަ ކަމެކެވެ.

މިހާރު މި ދެބެއިން ކޮންމެ ދުވަހަކު ގަޑިއިރުތަކެއް ވަންދެން ވާހަކަދައްކައި، މެސެޖު ކުރެއެވެ.

"އަހަރެމެންނަކީ ދެބެއިންކަން އެނގުމުގެ ކުރިންވެސް އަހަރެމެންނަކީ އެކުވެރިން. އަސްލު މުޅި އުމުރުގައިވެސް އަހަރެމެންނަކީ ދެބެއިން، އެކަމަކު އެކަން ކުރިން ނޭނގުނީ،" މިނާލް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.