މިސްކިތުގައި ނަމާދު ކުރަނީ- ފޮޓޯ/ ވޮއިސް
ދީން
14 Aug 2026 | 12:48
”ސުންނަތޭ ބުނުމުން އެއީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވޭ؛ އެއީ ވަރަށް ބޮޑު އޮޅުމެއް“

"ސުންނަތޭ" ބުނުމުން އެއީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށާ އެހެން ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. 

މިއަދުގެ ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ އިސްލާމްދީނުގެ ދެވަނަ މަޞްދަރު ކަމުގައިވާ ރަސޫލާ ﷺ ގެ ސުންނަތުގެ މައްޗަށެވެ. 

އިންސާނުން ދުނިޔޭގައި އުޅުމަށް މާތް الله ޚިޔާރުކުރައްވާފައިވާ ދީނަކީ އިސްލާމްދީންކަން ފާހަގަކޮށް، ޚުތުބާގައި ބުނީ އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތް ކަމަށެވެ. މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއެއް ނުލިބޭނެއެވެ.

ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަންކަލޭގެފާނު މި ވަޑައިގަންނަވަނީ ތިޔަބައިމީހުންގެ ތެރެއަށް ދެ އެއްޗެއް ދޫކުރައްވާފައެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހައި ހިނދަކު، ތިޔަބައިމީހުން މަގު ފުރެދިގެންނެއް ނުދާނެއެވެ. އެއީ الله ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތެވެ."

ޚުތުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ޝަރުޢީ ކަމެއް ސުންނަތުން ސާބިތުވި ނަމަވެސް ޤުރްއާނުގައި އެކަމެއް ނެތް ނަމަ އެއީ ނުކޮށް ދޫކޮށްލިއަސް ފާފަވެރިނުވާނެ ކަންކަން ކަމަށް ބައެއް މީހުން ދެކެއެވެ.

جَابِر رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. اَلْـمِقْدَامُ بْنُ مَعْدِيْ كَرِب ވިދާޅުވަނިކޮށް އަހުރެން އަޑުއެހީމެވެ. "ޚައިބަރު ހަނގުރާމައިގެ ދުވަހު ރަސޫލު ﷺ ކަންތައްތަކެއް ޙަރާމްކުރެއްވިއެވެ. އޭގެފަހުގައި ޙަދީޘްކުރެއްވިއެވެ. ތިޔައިގެ ތެރެއިން، އެބަހީ: މި އުންމަތުގެ މީހުންގެ ތެރެއިން ތިމަންކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާ ބަޔަކު އަންނާނޭ ދުވަސް އައުން ގާތެވެ. އެ ފަދަ މީހަކަށް ތިމަންކަލޭގެފާނުގެ ޙަދީޘް އިވޭ ހިނދު، ބޮޑާކަމާ އެކު ދާންމަތީ ލެނގިލައިގެން އިނދެ ބުނާނެއެވެ. އަހަރެމެންނާ ތިޔަބައިމީހުންނާ ދެމެދު މި ވަނީ اللهގެ ފޮތެވެ. ފަހެ ޙަލާލުކަމުގައި މި ފޮތުގައި އައިސްފައިވާ ކަމެއް ނަމަ ޙަލާލުކަމެއްކަމުގައި އަހަރެމެން ބަލައިގަންނަމެވެ. އަދި ޙަރާމްކަމުގައި މި ފޮތުގައި އައިސްފައިވާ ކަމެއް ޙަރާމްކަމެއްކަމުގައި އަހަރެމެން ބަލައިގަންނަމެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން اللهގެ ރަސޫލާ ﷺ ޙަރާމްކުރައްވައިފައިވާ ކަންކަމަކީ، މާތް الله ޙަރާމްކުރައްވައިފައިވާ ކަންތައް ފަދަ ކަންކަމެވެ."

ހުތުބާގައި ބުނިގޮތުގައި، އިސްލާމީ ޝަރީޢަތުގެ ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫޢަނުވެ، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމަކީ މުސްތަޙީލު ކަމެކެވެ. މިސާލަކަށް، ނަމާދަކީ ދީނުގެ ތަނބު ކަމަށްވާއިރު، ނަމާދު ފަރުޟުކުރެއްވިކަން ޤުރްއާނުން އެނގެން އޮތް ނަމަވެސް، ނަމާދު ކުރާނެ ގޮތާއި ރަކުޢަތްތަކުގެ އަދަދު އެނގެން އޮތީ ރަސޫލާ ﷺ ގެ ސުންނަތުންނެވެ. ހަމައެފަދައިން ޒަކާތުގެ ނިޞާބާއި ޙައްޖުގެ އަޅުކަން އަދާކުރާނެ ގޮތްވެސް އެނގެނީ ސުންނަތުންނެވެ.

"އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!" މިއާޔަތަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ ރަސޫލާ ﷺ އަމިއްލަ އެދުންފުޅަށް އެއްވެސް ވާހަކަފުޅެއް ނުދައްކަވާ ކަމަށާއި، އެކަލޭގެފާނުގެ ބަސްފުޅުތަކަކީ ވެސް އިލާހީ ވަޙީ ކަމަށެވެ.

ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ފަދަ ވަކިނުކުރެވޭނެ ގުޅުމެއްކަން ފާހަގަކޮށް، ޚުތުބާ ނިންމާލާފައިވަނީ ރަސޫލާ ﷺ ގެ ސުންނަތަށް ޤަދަރުކޮށް، އެކަލޭގެފާނަށް ކިޔަމަންތެރިވުމަށް ނަޞޭޙަތްތެރިވަމުންނެވެ.

" ރަސޫލު ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (كُلُّ أُمَّتِيْ يَدْخُلُوْنَ الْجَنَّةَ اِلَّا مَنْ أَبَى، قِيْلَ: يَا رَسُوْلَ اللهِ وَمَنْ يَأْبَى؟ قَالَ: مَنْ أَطَاعَنِيْ دَخَلَ الْجَنَّةَ، وَمَنْ عَصَانِيْ فَقَدْ أَبَى) މާނައީ: "ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ދެކޮޅުހަދައިފި މީހަކު މެނުވީ އެއްމެން ވެސް ސުވަރުގެ ވަންނަ ހުއްޓެވެ. އެހިނދު އަޞްޙާބުބޭކަލަކު ދެންނެވިއެވެ. އޭ الله ގެ ރަސޫލާއެވެ! ދެކޮޅުހަދަނީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ކިޔަމަންގެންފި މީހާ ސުވަރުގެ ވަންނަހުއްޓެވެ. އަދި ތިމަންކަލޭގެފާނަށް ނުކިޔަމަންތެރިވެއްޖެ މީހާ ހަމަކަށަވަރުން ދެކޮޅުހަދައިފިއެވެ!"

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.