އެމްޓީސީސީ ސުޕަވައިޒަރުން މަހާސިންތާގެ ތެރެއިން... ފޮޓޯ/ އެމްޓީސީސީ
ހަބަރު
14 Oct 2024 | 00:58
އެމްޓީސީސީން ސުޕަވައިޒަރުންނަށް ބޭއްވި މަހާސީންތާ ނިންމާލައިފި

ސަރުކާރާއި ރައްޔިތުންގެ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކުންފުނީގެ ސައިޓްތަކުގައި މަސައްކަތްކުރާ ސުޕަވައިޒަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މަހާސިންތާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އެމްޓީސީސީގެ އެޗްއާރު ޑިޕާޓްމަންޓުން ކުރިއަށްގެންދިޔަ މިފަހަރުގެ މަހާސިންތާގައި 107 ސައިޓް ސުޕަވައިޒަރުން ވަނީ ބައިވެރިވެފައެވެ. މަހާސިންތާ ކުރިއަށްގެންދިޔައީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ސައިޓް ސުޕަވައިޒަރުން ބައިވެރިވުމާއެކުގައެވެ.

ސުޕަވައިޒަރުންގެ މަހާސިންތާ ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔައިރު، މި މަހާސިންތާގައި ސުޕަވައިޒަރުންނަށް މަސައްކަތުގެ މައިދާނުގައި ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުން ވަނީ ސުޕަވައިޒަރުންނަށް މައުލޫމާތުދީފައެވެ.

މަހާސިންތާގައި ސުޕަވައިޒަރުންނަށް ކަމާބެހޭ މައުލޫމާތުތައް ދީފައިވަނީ، އެމްޓީސީސީއަށް ނިސްބަތްވާ ދިވެހި މުއައްޒަފުންނެވެ. މިގޮތުން އެމްޓީސީސީގެ އެކިއެކި ޑިވިޝަންތަކަށް ނިސްބަތްވާ ވެރިންނާއި ފަންނުވެރިން ވަނީ ސެޝަންތައް ނަގައިދެއްވާފައެވެ.

މިގޮތުންމި މަހާސިންތާގައި އެފަރާތްތަކުން ވަނީ މަޝްރޫޢުތައް ކުރިއަށްގެންދިމާ ގުޅޭގޮތުންނާއި، ލީޑަރޝިޕް އަދި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ސެޝަންތައް ނަގައިދީފައެވެ.

އެމްޓީސީސީން ސުޕަވައިޒަރުންނަށް ބޭއްވި މަހާސީންތާ ނިންމުމުގެ ހަފްލާ.. ފޮޓޯ/ އެމްޓީސީސީ

މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޗެއާމަން މުހައްމަދު އަފީފް، ބައިވެރިންނާ މުހާތަބުކުރައްވައި ވިދާޅުވީ، އެމްޓީސީސީއަކީ ރައްޔިތުންގެ އަދި އެމްޓީސީސީއަކީ އެމްޓީސީސީގެ ހިއްސާދާރުންގެ ކުންފުންޏެއް ކަމަށެވެ. އެމްތިސީސީއަކީ ހަމައެކަނި ސަރުކާރުގެ ކުންފުންޏެއް ނޫންކަން ފާހަގަކުރައްވަމުން ޗެއާމަން ވިދާޅުވީ، އެހެންކަމާއެކު ކަނޑައެޅިފައިވާ ވަގުތުތަކުގައި މަސައްކަތް ނިންމުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ.

އެހެންވީމާ ތިޔަބޭފުޅުންގެ ފަރާތުން އަޅުގަނޑުމެން އެދޭއެދުމަކީ މިއަދު މެނޭޖްމަންޓްގެ ފަރާތުން ފަހިކޮށްދިން މަހާސިންތާގެ އަލީގައި މަސައްކަތްތައް ވީހާވެސް ފުރިހަމައަށް ކޮށްދެއްވުން. އަދި އަމިއްލައަށް އިސްނަގައިގެން ކަންކަން ކޮށް ވީހާވެސް ރަނގަޅަށް އަވަހައް ޕްރޮޖެކްޓްތައް ނިންމުމަށް.

އެމްޓީސީސީގެ ޗެއާމަން މުހައްމަދު އަފީފް ވިދާޅުވިއެވެ.

ޗެއާމަން ވިދާޅުވީ އެމްޓީސީސީ މިހާރު އޮތީ ވަރަށް ރަނގަޅު ފައްތަރެއްގައި ކަމަށާއި، މިއަހަރު އެންމެ އެދެވޭ ނަތީޖާ ނުނެރެވުނު ނަމަވެސް ކުރިއަށް ހުރި އަހަރުތަކުގައި ރަނގަޅު ނަތީޖާތަކެއް ހާސިލްކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީގެ ޗެއާމަން މުހައްމަދު އަފީފް

މި ހަފްލާގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ރިޓަޔަޑް އަހުމަދު ސައުދީ ވިދާޅުވީ، ކުރާ މަސައްކަތުގެ ކޮލިޓީ ހިފަހައްޓައި ރައްޔިތުންނަށް ނުވަތަ ޕްރޮޖެކްޓްދޭ ފަރާތް މަސައްކަތް ހަވާލުކުރާގޮތަށް މަސައްކަތް ނިންމާލުމަކީ އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ. މިކަން ހާސިލްކުރުމަށް ސައިޓްތަކުގެ ސުޕަވައިޒަރުންގެ ހިއްސާ ބޮޑުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ސުޕަވައިޒަރުންގެ މަހާސިންތާ ނިމުމާއެކު ވަނީ ބައިވެރިންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. 

އެމްޓީސީސީ ސުޕަވައިޒަރުންގެ މަހާސިންތާގައި ކުރިއަށްދިޔަ ސެޝަންތަކުގައ،ި މަޝްރޫޢުތައް ހިންގުމުގެ މުހިއްމު މައުލޫމާތުތައް ވަނީ ދީފައެވެ. އަދި ސުޕަވައިޒަރުންގެ ހުރި މައްސަލަތަކަކީ ކޮބައިތޯ ބަލައި ސުޕަވައިޒަރުންގެ ހުރި ސުވާލުތަކަށް ވަނީ ޖަވާބުދީފައެވެ. 

މިއީ އެމްޓީސީސީން މިގޮތަށް ބޭއްވި ތިންވަނަ މަހާސިންތާއެވެ. އެމްޓީސީސީން ބުނީ ކުންފުނީގެ މުއައްޒަފުންނަކީ އެންމެ މުހިއްމު ރައުސުލްމާލު ކަމަށާއި، މިފަދަ ހޭލުންތެރިކަމުގެ ފޯރަމްތަކުގެ އިތުރުން، ކުންފުނީގެ މުއައްޒަފުންގެ ކުރިއެރުމަށް ސްކޮލަރޝިޕާއި ޓްރޭނިން ފުރުސަތުތައް ފަހިކޮށްދިނުމަކީ ކުންފުނިން ވަރަށްބޮޑު ސަމާލުކަމެއްދީގެން ކުރަމުން އަންނަ ކަމެއްކަމަށެވެ.

އެމްޓީސީސީން ވަނީ ވޭތުވެދިޔަ އަހަރު 1603 މުއައްޒަފުންނަށް އެކި ދާއިރާތަކުން 22،143 ގަޑިއިރުގެ ތަމްރީން ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.