ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
16 Oct 2024 | 11:46
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީގައި ރާއްޖެއިން ބައިވެރިވާން ރުހުންދޭން ކޮމިޓީން ފާސްކޮށްފި

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރުހުންދޭން މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ރާއްޖޭގައި ގާއިމް ކުރުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތުގައި އެހީ ހޯދުމަށް އައިއޭއީއޭގައި ބައިވެރިވުމަށް ނިންމާފައިވާކަން ސަރުކާރުން ހާމަކުރީ މިިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. 

އޭރު ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި އެޓޮމިކް އޭޖެންސީގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ނިންމި އެންމެ ބޮޑު ބޭނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ރާއްޖޭގައި ގާއިމުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކެންސަރު ހޮސްޕިޓަލު އެޅުމަށް މަގުފަހި ކުރުމެވެ. 

ކެންސަރުގެ ފަރުވާއަށް ބޭނުންވާ ރޭޑިއޭޝަން ތެރެޕީ ފޯރުކޮށްދިނުމަށް ބޭނުންވާ އާލާތްތައް ހޯދުމާއި ވޭސްޓް މެނޭޖު ކުރުމަކީ އައިއޭއީއޭގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މި އޭޖެންސީގައި މިހާތަނަށް ބައިވެރިވެފައި ނުވަނީ ރާއްޖެއާއި ބޫޓާނުންކަން ފާހަގަކުރައްވައި މިނިސްޓަރ ޒަމީރު ވިދާޅުވީ އެޓޮމިކް އެނާޖީއާ ދިމާއަށް ގިނަ ގައުމުތަކުގެ މިސްރާބު ހުރިއިރު ރާއްޖެއަށް ފައިދާ ހޯދޭނެ އިތުރު މަގުތައް ވެސް މިކަމުގެ ސަބަބުން ތަނަވަސް ވެގެންދާނެ ކަމަށެވެ.

އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ރުހުން ހޯއްދެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

އެއާއެކު އެ މައްސަލަ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުވާފައިވާއިރު، އެ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުހައްމަދު (އިއްބެ ޖަނާބު) ވަނީ ބަވަނަ ވަމުންދާ މިފަދަ ޒަމާނެއްގައި އައިއޭއީގައި ބަްިވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 

އަދި އެކަމަށްޓަކައި މަޖިލީހުގެ ރުހުންވޭހާވެސް އަވަހަށް ދިނުމަށް އިއްބެ ވަނީ އެދުވަޑައުގެންފައެވެ. 

އެއާއެކު އައިއޭއީގައި ބައިވެރިވުމަށް ރުހުންދޭން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ވަނީ ހުށަހޅުއްވާފައެވެ. ހަނާންގެ ހުށަހެޅުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުالله ރިފާޢު ތާއީދު ކުރެއްވުމުން ވޯޓަށް ވަނީ އަހާފައެވެ.

އަދި ކޮމިޓީގެ އިއްތިފާގުން ވަނީ މި ކަމަށް ރުހުންދޭން ފާސްކޮށްފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.