ވީއައިއޭގެ ޓެކްސީވޭ ޗާލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތްކުރަން ޗައިނާގެ ކުންފުންޏަކާއި ހަވާލުކުރުން-- ފޮޓޯ: އެމްއޭސީއެލް
ވިޔަފާރި
16 Oct 2024 | 12:19
ވީއައިއޭގެ ޓެކްސީވޭ ޗާލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތްކުރަން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އެކްސްޕޭންޝަން އެންޑް އިކޮނޮމިކް ޒޯން ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން މިހާރު ބޭނުންކުރަމުންދާ ޓެކްސީވޭ ޗާލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތް ކުރުމަށް ބެއިޖިންގް އަރބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީ.ޔޫ.ސީ.ޖީ) އާ ހަވާލުކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، މިއަދު ނޫވިލު ސީޕްލޭން ޓަރމިނަލްގައި ބޭއްވި ރަސްމިޔާތުގައި ޓެކްސީވޭ ޗާލީ ތަރައްޤީ ކުރުމުގެ އެއްބަސް ވުމާއި ފަހުމުނާމާގައި ސޮއި ކުރެއްވީ އެމް.އޭ.ސީ.އެލް ގެ ފަރާތުން ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ކަމަށާއި، އަދި ބީ.ޔޫ.ސީ.ޖީ ގެ ފަރާތުން ޖެނެރަލް މެނޭޖަރ ލުއޯ ވެއި އެވެ.

މި ރަސްމިޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވާންގް ލީޒިންގ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ ސީ.އީ.އޯ އަދި މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ބީ.ޔޫ.ސީ.ޖީ ގެ ޖެނެރަލް މެނޭޖަރ މިސްޓަރ ލުއޯ ވެއިގެ އިތުރުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، އެމް.އޭ.ސީ.އެލް، އަދި މޯލްޑިވްސް ނެޝަނަލް އެއަރޓްރެފިކް ސަރވިސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއަށް އެކުލަވާލައްވާފައިވާ 20 އަހަރުގެ މާސްޓަރޕްލޭންއާއި އެއްގޮތަށް އެއަރޕޯޓް ތަރައްޤީ ކުރުމުގެ އައު މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެގޮތުން ޓެކްސީވޭ ޗާލީ ތަރައްޤީ ކުރުމަކީ މި ޕްރޮޖެކްޓްގެ ދަށުން ފަށައިގަންނަ މުހިއްމު މަސައްކަތެއްކަން ފާހަގަކުރެއްވަމުން ޝަރީފް ވިދާޅުވީ، ޓެކްސީވޭ ޗާލީ ތަރައްޤީކޮށް ނިމޭއިރު އެއަރޕޯޓުގެ އޮޕަރޭޝަންތައް އިތުރަށް ފުޅާ ކުރެވި، ފްލައިޓް ޓަރން އެރައުންޑް ޓައިމް ކުޑަކޮށް، ޚިދުމަތް އަވަސްކުރުމަށް މަގުފަހި ވެގެންދާނެކަމަށެވެ.

ހަމައެއާއެކު އެއަރޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވެ، ކުއްލި ހާލަތެއްގައި މަތިންދާބޯޓު ޖައްސާނެ ރަންވޭ އެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިގެންދާނެ ކަމަށާއި، ބީ.ޔޫ.ސީ.ޖީއާއި އެކު އެމް.އޭ.ސީ.އެލްއިން ކުރިޔަށް ގެންދާ ހުރިހާ މަޝްރޫޢަކީވެސް ކާމިޔާބު ކަމާއެކު އަވަހަށް ނިންމާލެވޭ މަޝްރޫޢުތަކެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ ވީއައިއޭގެ ޑިވެލޮޕްމަންޓަކީ ސަރުކާރުގެ ވަރަށް މުހިއްމު ސްޓްރެޓީޖިކް އިންވެސްޓްމެންޓެއް ކަމަށެވެ.

މިގޮތުން، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ކައިރި މުސްތަޤްބަލެއްގައި 2.4 މިލިޔަނަށް އިތުރުވެގެންދިޔުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށާއި، އެމް.އޭ.ސީ.އެލްއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި އެންމެ ޙިއްސާބޮޑު ކުންފުނިކަން މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.

ވީއައިއޭގެ ޓެކްސީވޭ ޗާލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތްކުރަން ޗައިނާގެ ކުންފުންޏަކާއި ހަވާލުކުރުން-- ފޮޓޯ: އެމްއޭސީއެލް

ވީ.އައި.އޭ ތަރައްޤީ ކުރުމުގެ ސަބަބުން މުޅި ދިވެހިރާއްޖެއަށްއިޤްތިޞާދީ ކުރިއެރުން ލިބޭނެކަމަށާއި، ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް އެކުވެރި ގުޅުމާއި އިޤްތިޞާދީ މަޝްރޫޢުތަކުގައި އެ ޤައުމުގެ ޙިއްސާ ބޮޑުކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދުގެ އިތުރުންވެސް، ޗައިނާ އިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު، ވާންގް ލީޒިންގ ވިދާޅުވީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ކުރިއަރާފައިވާ މަންޒިލަކަށް ހެދުމަށް ވީ.އައި.އޭ ތަރައްޤީ ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، އިޤްތިޞާދީގޮތުން ރާއްޖެ ތަރައްޤީވެގެންދާތަން ފެނުމަކީ ޗައިނާއިން އެދޭ ކަމެއް ކަމަށެވެ.

މިފަދަ ކޮންމެ މަޝްރޫޢެއް ފުރިހަމަ ކުރުމުގައި އެމް.އޭ.ސީ.އެލްގެ މެނޭޖްމަންޓްގެ ހަރުދަނާކަމާއި ގުޅުން ރަނގަޅުކަން ފާހަގަކުރައްވާ، އެކަމަނާ ވަނީ ތައުރީފްކުރައްވާފައެވެ.

އެމްއޭސީއެލުން ބުނީ، 3200 މީޓަރުގެ މި ޓެކްސީވޭ ތަރައްޤީ ކުރުމުގެ މަސައްކަތް މި އަހަރު ނޮވެންބަރު މަހު ފެށުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް 2027 ވަނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވޭކަމަށެވެ.

ބީ.ޔޫ.ސީ.ޖީ ކުންފުންޏަކީ، މީގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިންގާފައިވާ ތަރައްޤީގެ އެންމެ ބޮޑެތި މަސައްކަތްތައްކަމަށްވާ މިހާރު ބޭނުން ކުރަމުންދާ ކޯޑް އެފް ރަންވޭ، ނޫވިލު ސީޕްލޭން ޓާރމިނަލް، އައު ފަޔަރ ސްޓޭޝަން، އައު ކަރގޯ ޓަރމިނަލްއެއްގެ އިތުރުން އައު ފިޔުލް ފާމް ގެ މަސައްކަތްކޮށްފައިވާ ކުންފުނިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.