މަޖިލީހުގެ ތަޅުން
ހަބަރު
20 Oct 2024 | 22:57
ސިނގިރޭޓްތަކުންނާއި ބިޑިން ނަގާ ޓެކްސް ބޮޑުކުރުމުން އާމްދަނީގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ

ދުންފަތް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ސިނގިރޭޓާއި ބިޑި ފަދަ ތަކެތިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމުން އަންނަ އަހަރުން ފެށިގެން އެ ބާވަތްތަކުން އެކަނިވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބޭނޭކަމަށް ލަފާކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވޭޕް މަނާކޮށް ދުންފަތުގެ ބާވަތްތަކުން އުފައްދާފައިހުންނަ ސިނގިރޭޓް ފަދަ އެއްޗެހިން ނަގާ ޑިއުޓީ ބޮޑުކުރުމަށް ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އެ ނިންމެވުމާ ގުޅިގެން ސަރުކާރުގެ ފަރާތުން ވަނީ، ދުންފަތާއި ދުންފަތް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ އިތުރުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދެވެ.

މި ބިލްގައި ވާގޮތުން ޑިއުޓީއަށް ގެންނަ ބަދަލާ ގުޅިގެން މިއަހަރުގެ ތެރޭގައި 180 މިލިއަން ލިބޭނޭކަމަށް ލަފާކުރެވުނު ނަމަވެސް ކުރިއަށް އޮތް 2025 ވަނަ އަހަރުގެ ތެރޭގައި 1.05 ބިލިއަން ރުފިޔާއަށް އަރާނޭކަމަށެވެ.

އާމްދަނީގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާކޮށްފައިވާ އަދަދު

މި ބިލާ ގުޅޭގޮތުން ބަންޑާރަނައިބު އަހުމަދު އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ،  ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ 1 ނޮވެމްބަރ އިން ފެށިގެން 15 ނޮވެމްބަރ 2024 މި މުއްދަތުގެ ތެރޭގައި އެތެރެކުރާ ވޭޕްކުރުމަށް ބޭނުންކުރާ ތަކެތީގެ ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

މި އިސްލާހުގައިވާގޮތުން ވޭޕްފަދަ އާލާތަކަށް އަޅާ ފްލޭވާއާއި ކެމިކަލްއިން ނަގާ ޑިއުޓީ ވަނީ 50 އިންސައްތަ ބޮޑުކުރުމަށް ނިންމާފައެވެ. އެއީ މިލިލީޓަރަކަށް 8 ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން ހީޓް ޓޮބޭކޯ ޕްރޮޑަކްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުންވެސް ވަނީ ޑިއުޓީގެ ގޮތުގައި 50 އިންސައްތަ ބޮޑުކުރުމަށް ނިންމާފައެވެ. އެއީ ސްޓިކަކުން ނަމަ 8 ރުފިޔާއެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމެވިކަން އިއުލާންކުރެއްވީ މިހިނގާ އޮކްޓޯބަރުމަހުގެ 14 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.