މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް: ފޮޓޯ/ މަޖިލިސް
ހަބަރު
21 Oct 2024 | 10:14
ހަމަހަމަ ކަމާއެކު ހުރިހާ ގެއެއްގައިވެސް ސޯލާ ޕެނަލް ހަރުކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުން މިދަނީ: ޠާރިގު

ހަމަ ހަމަ އުސޫލެއްގެ ތެރެއިން، ސޯލާ ޕެނަލް ހަރުކުރުމުގެ ފުރުޞަތު އާއްމު ރައްޔިތުންނަށް ދެވޭނެ ގޮތަކަށް އުސޫލު ބަދަލު ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރު ޠާރިގު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް ވަނީ، ނެޓް މީޓަރިންގ އުސޫލުގައި ގޭބީސީ ތަކަށް %60 ދޭ ގޮތަށް ހިމަނާފައިވާކަން ފާހަގަކުރައްވައި، އެ ޕަސެންޓް ގޭބީސީ ތަކުގެ މެދުގައި ހަމަހަމަ ގޮތަކަށް ބަހާލެވޭ ގޮތަށް ގަވާއިދު ބަދަލު ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާތޯ ސުވާލު ކުރައްވާފައެވެ. 

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ އިންނަ ކެޕޭސިޓީ ކޮންމެ ގޭބިސީއަކަށްވެސް އެ އިންނަ އަދަދަކަށް ބޭނުން ކުރެވޭނެ އުސޫލެއް އިންނަންޖެހޭނެ. އެހެންނޫނީ މިވާގޮތަކީ އެންމެ ފުރަތަމަ ތަނަވަސްމީހާ ސޯލާ ހަރުކުރީމާ ދެން ތަންކޮޅެއް މެދުފަންތީގެ މީހާއަށް ސޯލާ ހަރުކުރުމުގެ ފުރުސަތެއް ނުލިބި މިދަނީ.

އަމީން ފައިޞަލް

އެހެން ކަމުން ހަމަ ހަމަ އުސޫލަކުން ކޮންމެ ގޭބިސީއަކަށްވެސް ކޮންމެސް ވަރެއްގެ ސޯލާ ޕަސެންޓެއް ހަރުކުރެވޭނެ ގޮތަށް އުސޫލު ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވަންތޯ އަމީން ފައިޞަލް ވަނީ ސުވާލު ކުރައްވާފައެވެ. 

ކަނޑިތީމު ދާއިރާ ގެ މެންބަރު އަމީން ފައިޞަލް: ފޮޓޯ/ މަޖިލިސް

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހަމަހަމަ ގޮތެއްގައި ސޯލާ ހަރުކުރެވޭ ގޮތަށް ކޮންމެ ގެއަކަށް ވަކި ޕަސެންޓެއް ކަނޑައެޅުމަށް ކުރަންޖެހޭ ކަންކަން މިހާރުވެސް ކުރައްވަމުންދާ ކަމަށެވެ. 

ކޮންމެ ގެއަކަށް އެ ރަށެއްގެ އެ އިންނަ ޕަސެންޓޭޖުން ކިހާވަރެއްތޯ ބަހާލެވޭނީ.  އެގޮތަށް އެބަ މަސައްކަތް ކުރަމުންދަން. ކިހިނެއްތޯ ކޮންމެ ގެއަކަށް ވަކިން ރިޒާވް ކިރެވޭގޮތަށް ހެދޭނީ ކޮން ގޮތަކަށްތޯ ބަލަމުން މިދަނީ

ވަޒީރު ޠާރިޤު އިބްރާހީމް

ވަޒީރު ވިދާޅުވިގޮތުގައި، އެގޮތަށް ކަނޑައެޅެން އޮތީ ބެޓެރި ސިސްޓަމާއި ނެޓްވޯކް ސިސްޓަމް ހަރުކުރެވިގެންނެވެ. އެކަން ނުކޮށްފި ނަމަ، ބައެއް ހާލަތްތަކުގައި މުޅި ރަށުން ކަރަންޓް ގޮސް، އާއްމު ރައްޔޮތުންގެ ތަކެއްޗަށްވެސް ގެއްލުން ލިބުމުގެ ފުރުސަތު އޮންނާނެކަމަށް ވަޒީރު ވިދާޅުވުއެވެ.

އެހެންކަމުން ބެޓަރީ ސިސްޓަމް ހަރުކޮށް ނެޓްވޯކް ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.