ތިމާވެއްޓާއި ހަކަތައާއު ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤް އިބްރާޙީމް: ފޮަޓޯ/ މަޖިލިސް
ހަބަރު
21 Oct 2024 | 10:49
ކަރަންޓް ބިލު ބޮޑުވާ ސަބަބު ބަލައި، އެ ކުޑަކުރުމަށް ކުރެވޭނެ ކަންކަން ކުރަމުން މިދަނީ: ޠާރިޤް

ކަރަންޓް ބިލު ބޮޑުވާ ސަބަބު ބަލައި، ކުޑަކުރުމަށް ކުރެވޭނެ ކަންކަން ކުރަމުން ގެންދަވާ ކަމަށް ތިމާވެއްޓާއި ހަކަތައާއު ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤް އިބްރާޙީމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ނާޒިމް ވަނީ، ގޭބީސީ ތަކުގެ ކަރަންޓް ބިލު ބޮޑުވާ މައްސަލަ ބެލުމަށް ސަރުކާރުން މަސައްކަތް ކުރޭތޯ އާއި ބިލު ކުޑަކުރުމަށް ކަމެއް ކުރުމަށް ކުރެވޭނެ ކަންކަމާމެދު އެއްވެސް މަޝްވަރާއެއް ކުރައްވާފައުވޭތޯ ވަޒީރު ތާރިޤާ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ކަރަންޓް ބިލު ކުޑަކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުން މިދަނީ ބިލު ކުޑަކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަމުން. އެގޮތުން އަޅުގަނޑުމެން ބެލި ބެލުމުގައި އެންމެ ބޮޑު ސަބަބެއް ކަމުގައި ބެލެވޭ ކަމަކީ، ރާއްޖެ އެތެރެކުރާ ތެޔޮ، އެތެރެ ކުރާ މިންވަރާ، ފުދޭ ވަރަކަށް ބޮޑު ޚަރަދެއް ކުރަންޖެހޭ ތެޔޮ އެތެރެ ކުރަން އަދި އެފިޝިއަންޓްކޮށް ޖެނެރޭޓް ކުރަން

ތިމާވެއްޓާއި ހަކަތައާއު ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤް އިބްރާޙީމް

ވަޒީރު ވިދާޅުވިގޮތުގައި މިހާރުވެސް ޓެރިފްގެ ގޮތުގައި ކަނޑައެޅިފައިވާ ރޭޓަކީ ޖެނެރޭޓް ކުރުމަށް ކުރާ ޚަރަދަށްވުރެ ކުޑަ އަދަދެއް ކަމަށެވެ. އަދި އެކަން ރަނގަޅު ކުރެވޭނީ މުޅި ނިޒާމް އެފިޝިއަންޓް ކުރެވިގެން ކަމަށާ، އެ މަސައްކަތް މިހާރު ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

”އެހެންވެގެން ސޯލާ ސިސްޓަމް، ރިނިޔުވަބަލް އެނާޖީ ސިސްޓަމް މުޅި ރާއްޖެއަށް ޑިވެލަޕްކުރަން މި މަސައްކަތް ކުރަނީ. އެގޮތުން ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއގައިވެސް އުފައްދާ ކަރަންޓް ގެ 31 ޕަސެންޓަކީ އިއާދަކުރުވަނިވި ހަކަތައަށް ހެދުމަށް މަސައްކަތް ކުރަން.“ ވަޒީރު ވިދާޅުވިއެވެ. 

އަޅުގަނޑުމެން މި މަސައްކަތް މިކުރަނީ ކަރަންޓްގެ ޓެރިފާއި އެޕިޝިއަންސީ ރަނގަޅު ކުރަން. އެއާއެކު އަމިއްލަ ފަރާތްތަކަށް ކަރަންޓްގެ ޚިދުމަތް ނޫނީ ކަރަންޓް ބިލު ކުޑަކުރުމަށް މިހާރު މިވަނީ މަގޭ ސޯލާގެ ނަމުގައި ރޫފް ސޯލާ ސިސްޓަމް ހަރުކުރެވި، އެ މަސައްކަތް އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް މަހުގައި އަމަލީގޮތުން ފެށިގެންދާނެ. 

ތިމާވެއްޓާއި ހަކަތައާއު ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤް އިބްރާޙީމް

ވަޒީރު ވިދާޅުވީ، މަގޭ ސޯލާ ޕްރިޖެކްޓާއެކު އަމިއްލަ ފަރާތްތަކުގެ ކަރަންޓް ބިލުތައް ކުޑަވެގެން ދާނެ ކަމަށާ، އަދި އެ ސިސްޓަމް ގަތުމަށް، ދިގު މުއްތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ މަގުވެސް ފަހި ކުރެވިގެންދާނެ ކަމަށެވެ.

މިއާއެކު ވަޒީރު ވިދާޅުވީ، މަގޭ ސޯލާ ޕްރޮޖެކްޓްގެ މަސައްކަތާއި ގުޅޭ ގޮތުން ސްޓެލްކޯއާއި ފެނަކައާއު ވާހަކަ ދެކެވި، އެ ސިސްޓަމް ތަކުގެ 70 އިންސައްތަ ތަކެތި ރާއްޖެ ގެނައުމުގެ މަގުމަތީގައި އޮތް އިރު، އެއްބައި ރާއްޖެ ގެނެވިފައިވާ ކަމަށެވެ. 

ކޮމެންޓް
އިއް
ސަބަބުެނގޭ އެއްއިންޖީނުގެ އެކައްޗެއްބޭނުންކުރަނީ ކުރީސަރުކާރުގައި1800.2000 ނެގިގޭގެއިންމިހާރު 4000ރނަގާ ވީގޮތްރައްޔިތުންނަށް މިހާރުވަރަށްސާފު
21 Oct 2024
ގުޅޭ ލިޔުންތައް
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
28 Jul 2026
ސައުދީގެ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ހުއްޓުވައިފި
ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާޟްގައި ހުރި ތެޔޮ ޓޭންކަރުތަކަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއް އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވައި، ނައްތާލައިފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
28 Jul 2026
ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް
ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިނާމު ފައިސާގެ ގާތްގަނޑަކަށް 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
27 Jul 2026
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ހިދުމަތަށް ނެރެފި
ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ
27 Jul 2026
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އިތުރުވެއްޖެ
ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ
27 Jul 2026
މިރޭ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެ
މޫސުމީ އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނޭކަމަށެވެ
27 Jul 2026
ދުވާ ޓްރެކާ ދިމާ ނެރުން ވަންނަން އުޅުނު ލޯންޗެއް އަރިއަޅާލައި އަޑިއަށް
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗްގެ ބޮޑުބައި އަޑީގައި އޮތްއިރު އެ ހިސާބު މޫދުގައި އެއްބަޔަކު ތިއްބެވެ.