ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ: ފޮޓޯ/ މަޖިލިސް
ހަބަރު
22 Oct 2024 | 11:33
ރާއްޖޭގައި އެބަތިބި ވޭޕަށް އިންވެސްޓް ކޮށްގެންތިބި ފަރާތަތްތައް؛ އެމީހުންނަށް ބަދަލުދިނުމާމެދު ވިސްނާލަންޖެހޭ: ޣަފޫރު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވޭޕަށް އިންވެސްޓް ކޮށްގެން ތިބި ފަރާތްތައް ތިބިއިރު، އެ މަނާ ކުރުމުން އެމީހުންނަށް ވާނެ ގޮތަކާމެދު ވިސްނާލަންޖެހޭ ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ބިލަށް ބަހުސްކުރައްވަމުން ޣަފޫރު ވިދާޅުވީ ދުންފަތަކީ ސިއްހަތަށް ގެއްލުންވާ އެއްޗެއް ކަމަށާ އެއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ.

އެހެން ނަމަވެސް ދުންފަތާއި ސިނގިރޭޓްގެ ޑިޔުޓީ ޑަބަލް އަށްވުރެވެސް ބޮޑުކޮށް ބޮޑު ކުރާއިރު، އެއީ ”ރައްޔިތުންނަށް ތަހައްމަލުކުރެވޭނެ ކަމެއްތޯ“ ވިސްނާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދައިން ބޮޑު ކުރުމަކީ، ޙާލަތާއި ނުބައްދަލު ބާރެއްގެ ބޭނުން ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އޮސްޓްރޭލިޔާއަކީ ޖީ 7 ގެ ގައުމެއް. އެއީ ދުނިޔޭގައި ސިނގިރޭޓް އެންމެ އަގުބޮޑު އެއް ގައުމު. ދެވަނަ ގައުމަކަށް މިވަނީ ދިވެހިރާއްޖެ. ތިންވަނަ ދުނިޔޭގެ ގައުމު. އަޅުގަނޑުވެސް ސިނގިރޭޓްގެ ޑިޔުޓީ ބޮޑުކުރާކަށްވެސް ދެކޮޅެއް ނޫން. އެހެން ނަމަވެސް މިއަދު މިކުރާ ވަރަށް ބޮޑު ކުރަން އަޅުގަނޑު ކަނޑައެޅިގެން ދެކޮޅު. 

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 40 އިންސައްތަ އަކީ ދުންފަތް ބޭނުންކުރާ މީހުން ކަމަށެވެ. 

"މި ކަން މި ހިސާބުގައި އޮއްވައި ރައްޔިތުންނަށް ތަހައްމަލުނުކުރެވޭ ވަރު ބޮޑު އަގެއް އަޅުގަނޑުމެން މީގައި ޖެހީމާ ދެން ގައުމަށް ވާނެ ގޮތް އެއީ އަޅުގަނޑުމެން ދެވަނަ ފަހަރަށް ވެސް ވިސްނައިލަން ޖެހޭނެ ކަމެއް އިއްޒަތްތެރި ރައީސް،" ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ވޭޕް މަނާ ކުރާއިރު، އެކަމަށް އިންވެސްޓް ކޮށްގެން ތިބި ފަރާތްތައް ރާއްޖޭގައިތިބި ކަމަށެވެ. އަދި އެކަން މަނާ ކުރުމުން އެ ވިޔަފާރިވެރިންނަށް ލިބޭ ގެއްލުމަށް ދައުލަތުން ބަދަލެއް ދޭނެތޯ ވެސް އެއީ އުފެދޭ ސުވާލެއްކަމަށް ޣަފޫރު ވިދާޅުވިއެވެ.

އެބޭފުޅުންނަށް، މާދަމާ ފިހާރައިގައި ތަޅު އަޅުވާލާފައި، އޭގެ ބަދަލެއް ދޭނެތޯ ނުދޭނެތޯ އެވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް. ރާއްޖެއަކީ މިނިވަން ވިޔަފާރިކުރާ ގައުމެއް. މިނިވަން ވިޔަފާރީގެ ސިނާޢަތުގެ ތެރޭގަްއި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ. މިއީ ހައްތާވެސް ސުވާލު އުފެދޭ ކަމެއް

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ

ހަމައެއާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 60 އިންސައްތައަކީ ވޭޕް ބޭނުންކުރާ މީހުން ކަމަށާ ވޭޕް ބޭނުންކުރުން މަނާކުރާއިރު، ފަތުރުވެރިންނަށްވެސް އެކަން މަނާވެގެންދާނެތޯ އެއީ ވިސްނަން ޖެހޭކަމެއް ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވިގޮތުގައި ދުންފަތުންވާ ގެއްލުމާ އޭނާވެސް ދެކޮޅު ނޫން ކަމަށާ، އެހެން ނަމަވެސް މަޖިލީހުން ނިންމާ ނިންމުމަކީ ރައްޔުތުންގެ ތަކުލީފާއި އުނދަގޫތައް ކުޑަވާނެ ގޮތަކަށް ނިންމާ ނިންމުމަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު މި ހާލަތު އޮތް ވަރަކީ ގޭގައި ކައްކައި ނުކެޔަސް ގަންނަންޖެހޭ ސިނގިރޭޓު ގަނެގެން ނޫނިއްޔަކާ އުޅެވޭކަށް ނެތް އިއްޒަތްތެރި ރައީސް. އެއީ މި ގައުމުގެ ހާލަތު. އެެހެންވީމާ އެ ހާލަތަށް ވެއްޓިގެންދާއިރުގައި މި ހާލަތަށް އަގު އަރައިގެން ދިޔައިމާ ވާނެ ގޮތާ ދޭތެރޭގައި ހަމަ ވިސްނައިފައި އަޅުގަނޑުމެން ގޮތްތައް މިއަދު ނިންމަން ޖެހޭނީ ވެސް،" ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދުވަހުން ދުވަހަށް ވޭޕާއި ސިނގިރޭޓު ބޭނުންކުރާ މީހުން ރާއްޖޭގައި ވެސް އިތުރުވަމުން އަންނައިރު، މިއަދާ ހަމައަށް ވެސް ސަރުކާރުތަކަށް އެ ކަމުގެ ގެއްލުން އެންމެ ރަނގަޅަށް ބުނެދެވިފައި ނުވާކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ހުށަހަޅައިފައިވަނީ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރު 24ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުމަށެވެ. އަދި ސިނގިރެޓާއި ބިޑިން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.