ފަލަސްޠީނަށް އެހީވުމަށް ބޭއްވުނު ހަރަކާތެއްގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
23 Oct 2024 | 19:36
”އުއްމަތް ފަލަސްޠީނާއެކު“ ނަމުގައި ފަލަސްޠީނަށް އެހީވުމަށް ޚާއްސަ ހަރަކާތްތަކެއް ހުކުރު ދުވަހު!

”އުއްމަތް ފަލަސްޠީނާއެކު“ ނަމުގައި ފަލަސްޠީނަށް އެހީވުމަށް ޚާއްސަ ހަރަކާތްތަކެއް މި ހުކުރުގައި ހަމަޖެހިއްޖެއެވެ. 

މި ހަރަކާތަކީ ”ޔޫތް ފޯ ޔުނިޓީ“ (ވައިފޯޔޫ) ޖަމިއްޔާގެ ޒުވާނުންއިސްނަގައިގެން، ރައިޓް މޫވމަންޓް، ބްލަޑް ޑޯނާސް، ކޭކު ޑޯނާސް، ޝީލަޑް ހުޅުމާލޭ ސްޕޯޓްސް ކްލަބު އަދި ދުވާފަރު އިސްލާމިކް މޫވްމަންޓްއާ ގުޅިގެން ކުރިއަށް ގެންދާ އިވެންޓެކެވެ.

އެ ޖަމިއްޔާއިން ”ވޮއިސް“ އަށް މައުލޫމާތު ދެމުން ބުނީ، މި ހަރަކާތުގެ މަޤްޞަދަކީ ދުނިޔޭގެ އެހެނިހެން ޤައުމުތަކުގަ ހިންގޭ ހަރަކާތްތައް ފަދައިން، ދިވެހީންގެ ހިތްތައް ފަލަސްޠީނާއެކު ދެމިއޮންނާނެކަމާއި، ދިވެހިންގެ އެއްބައިވަންތަކަން ނުގުޑާކަން ދެއްކުން ކަމަށެވެ.

”ވަކި ޤައުމަކަށް ބެލުމެއްނެތި އުއްމަތުގެ ދިފާޢުގައި މުސްލިމުންގެ އެއްބައިވަންތަކަން ދައްކުވައިދޭ މި ޙަރަކާތަކީ، އަޚުންނާއި އުޚުތުންގެ ޤުރުބާނީގެ ހަނދާންތައް އާކޮށްދޭ ހަރަކާތެއް. އަދި ފަލަސްތީނަށް ވެވެން އޮތް ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަން ކަށަވަރު ކުރުން“ ވައިފޯޔޫ ޖަމިއްޔާއިން ބުނެފައިވެއެވެ. 

އެގޮތުން، ”އުންމަތް ފަލަސްޠީނާއެކު“ އިވެންޓްގެ ތެރެއިން މައިގަނޑު ތިން ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. 

1. އާއިލީ ހަވީރު: މި އާއިލީ ހަވީރު ބޭއްވުމަށް ހަމަޖެހުފައިވަނީ ހުކުރު ދުވަހު 4:15 އިން 6:00 އަށެވެ.

2. ބޮޑު ހިނގާލުން: ބޮޑު ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެރޭ 8:00 ގައެވެ. ހިނގާލުން، ސޯޝަލް ސެންޓަރުން ފަށާއިރު ނިންމާ ގޮތަށް ހަމަޖެހިފައުވަނީ އާޓިފިޝަލް ބީޗުންނެވެ. 

3. ބޮޑު އެއްވުން: ހިނގާލުން ނިންމާލުމަށްފަހު އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުކުރު ދުވަހުގެރޭ 9:00 ވާއިރު ބޮޑު އެއްވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނެފައިވާ ގޮތުން، އާއިލީ ހަވީރާއި ބޮޑު އެއްވުމުގައި ފަންޑު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހުފައެވެ. އަދި ހަރަކާތްތަކުން ލިބޭ ފައިސާ ފަލަސްތީނަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.