ފިނޭންސް މިނިސްޓަރ ޒަމީރު
ހަބަރު
24 Oct 2024 | 11:13
ސަރުކާރުން ހުށަހަޅަން ނިންމި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް، މަޖިލީހަށް ހުށަހަޅައިފި

މިއަހަރުގެ ކުރިއަށްއޮތް ތަނުގައި ހަރަދުތައް ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުމަށް ނިންމި، ސަޕްލިމެންޓަރީ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުން ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއި އެކީ، މި އަހަރަށް ހުށަހަޅާ ސަޕްލިމަންޓަރީ ބަޖެޓަކީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެކެވެ. މިދިޔަ އަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވާއިރު، އެއީ 6.5 ބިލިއަން ރުފިޔާއެވެ.

ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅިއިރު، މިއަހަރަށް ކަނޑައެޅި ބަޖެޓުން، މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުގެ 74 އިންސައްތަ ހޭދަކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުރީ ސަރުކާރާ ޚިލާފަށް، މި ސަރުކާރުން ސަޕްލިމަންޓަރީ ބަޖެޓް ހުށަހަޅާފައިވަނީ މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލާ ރައްޔިތުންގެ މަޖިލީހަށް އިއުލާނުކޮށް ހުއްދަ ހޯދުމަށް އެދުމުގެ ތެރެއިން ކަމަށެވެ.

ފާއިތުވި ތަނުގައި ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅާފައިވަނީ ޚަރަދު ކުރުމަށްފަހުގައިކަން 19 ވަނަ މަޖިލީހުގެ ރިޔާސަތުންވެސް ވަނީ އެ މަޖިލީހުގައި ތަކުރާރުކޮށް ފާހަގަކޮށްފައެވެ.

ސަރުކާރުން ކުރިން ބުނެފައިވަނީ ހަރަދުތައް ކުޑަނުކޮށްފިނަމަ މިއަހަރު 10 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހިދާނެ ކަމަށެވެ. ނަމަވެސް ހަރަދުކުޑަކުރުމަށް އެޅުނު ފިޔަވަޅުތަކާއެކު އެ އަދަދު ކުޑަވެގެންދާނޭކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހެޅި މައިގަނޑު ސަބަބުތައް:

1. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވުރާއި ވިސްނުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ފުރިހަމައަށް ހިމެނިފައިނުވުން

2. ބަޖެޓުގައި ހިމަނާފައިވާ ރިފޯމްތައް ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައި ކުރަންޖެހުމުން، އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ވަގުތު ނަގައި، ޚަރަދު އިތުރުވާނެކަމަށް ލަފާކުރެވުން. އަދި ސަރުކާރުގެ އަމާޒަކީ ޚަރަދު ކުޑަކުރުމަށް ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ނަގާ ގަޑީގައިވެސް، ސަރުކާރުން ރައްޔިތުންނަށް ފޯރުކޯށްދޭންޖެހޭ ހިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޯށްދިނުން

3. މެޑިކަލް ކޮންސިއުމަބަލްސްގެ ޚަރަދު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރުވުން

4. އިންޑިރެކްޓް ސަބްސިޑީތަކަށް ކުރާ ހޭދަ އިތުރުވާނެކަމަށް ބެލެވުން

5. މިއަހަރު ސްޓުޑަންޓް ލޯން ސްކީމުގެ ދަށުން އިތުރު ދަރިވަރުންނަށް ލޯން ދޫކުރުމަށް

މިއަދު މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓްގައި ސަރުކާރުން ވަނީ ޕީއެސްއައިޕީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް 2 ބިލިއަން ރުފިޔާ ހިމަނާފައެވެ. އޭގެ ސަބަބެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނީ ފާއިތުވި އަހަރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި، އަލަށް ފަށާފައިވާ މެގަ މަޝްރުއޫތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ހިނގާފައިވާތީ އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށާއި، އަންޑަ-ވެލިއު ކޮށްގެން ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވާ ޖާގަ ހޯދުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރު ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް އާމްދަނީގެ ގޮތުގައި ލިބޭނޭކަމަށް ލަފާކުރީ 33.5 ބިލިއަން ރުފިޔާއެވެ. ޑެފިސިޓް ހުންނާނޭކަމަށް ލަފާކޮށްފައިވަނީ 16.3 ބިލިއަން ރުފިޔާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.