މަގުމަތި
ހަބަރު
26 Oct 2024 | 20:31
ޓްރާންސްޕޯޓް މިނިސްޓްރީން އަނެއްކާވެސް ޑޮމައިން ނަމްބަރު ވިއްކަން ފަށަނީ

ޑޮމައިން ނަމްބަރުތައް ވިއްކުން މެދުކަނޑާލާފައި އޮތުމަށްފަހު އަންނަ މަހުގެ ތެރޭގައި ޑޮމައިން ނަމްބަރު ވިއްކަން ފަށާނޭކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނެފިއެވެ.

އެއްގަމުގައި ދުއްވާ އުޅަނދުތަކުގައި ބޭނުންކުރާ ޑޮމެއިން ނަންބަރުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވުމާއެކު، ރައީސް އޮފީހުންވަނީ އެ މައްސަލަ ވަކިގޮތަކަށް ނުނިމެނީސް ޑޮމައިން ނަމްބަރު ނުވިއްކުމަށް ނިންމާފައެވެ.

ޓްރާންސްޕޯޓުން ގެޒެޓްގައި ކުރި އާއްމު އިއުލާނެއްގައި ބުނީ، ޑޮމައިން ނަމްބަރަށް ދިވެހިންގެ މެދުގައި އަދި ވަކިން ޚާއްޞަކޮށް ޒުވާނުންގެ މެދުގައި، ނުހަނު މަޤުބޫލުކަން ލިބިފައިވާ ކަމަށާއި، އަދި ޑޮމެއިން ގަތުމަށާއި ގުޅުންހުރި ޚިދުމަތް ހޯދުމަށް އެފަރާތްތަކުން ބޮޑެތި ހޭދަތައްވެސް ކޮށްފައިވާ ކަމަށެވެ.

އެކަން އެގޮތަށް އޮތުމުން ޑޮމައިންގެ ޚިދުމަތް އަލުން ފެށުމަށްޓަކައި މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އުއްމީދަކީ ފެށޭ ނޮވެމްބަރ މަހުގެ ތެރޭގައި ޑޮމެއިންގެ ޚިދުމަތްތައް އަލުން ފަށައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފެށުންކަމަށް ޓްރާންސްޕޯޓުން ބުންޏެވެ. 

ޑޮމައިން ދޫކުރަން ފަށާއިރު، އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް އަންނާނެ ކަމެއް އެކުލެވިގެން ނުވާނެކަމުގެ ޔަޤީންކަން އެންމެހާ ފަރާތްތަކަށް އަރުވާކަމަށާއި، މިނިސްޓްރީގެ މަޤްޞަދަކީ، ޑޮމެއިން ނަންބަރުތަކާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް ޤާނޫނާއި ގަވާއިދުގެ ތެރެއިން ލުއިފަސޭހަ ގޮތެއްގައި ޙައްލު ހޯދައިދީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޚިދުމަތަކަށް ހެދުންކަމަށްވެސް ޓްރާންސްޕޯޓުން ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.