ހާރިޖިއްޔާގެ އިމާރާތް
ހަބަރު
26 Oct 2024 | 21:10
އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާ، ރާއްޖެއިން ކުށްވެރިކޮށްފި

އިސްރާއީލުން އީރާނަށް އަމާޒުކޮށް ރޭ ދިން ވައިގެ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ދިވެހި ހާރިޖިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އިސްރާއީލުން އީރާނުގެ ތެރެއަށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އިސްރާއީލުން އީރާނުގެ އިސްތިގްލާލަށް އަރައިގަނެފައިވާކަމަށެވެ. އަދި އެ ހަމަލާތައް ދީފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ހެދިފައިހުރި ޤާނޫނުތަކާ ކަންކަން ކުރަން އޮންނަ ހަމަތަކާ ހިލާފަށްކަމަށެވެ. 

ހާރިޖިއްޔާއިން ވަނީ އިސްރާއީލުން މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމަށް ހިންގާ މިފަދަ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައި މިކަމުގައި ބައިނަލްއަޤްވާމީ ގޮތުން ކުރެވެންހުރި ކަންކަން ކުރުމަށްވެސް ގޮވާލާފައެވެ.

އިސްރާއީލުން ރޭ ދިން ވައިގެ ހަމަލާތަކުގައި އީރާނުގެ ދެ ސިފައިންގެ އޮފިސަރަކު މަރުވިކަމަށް އީރާނުން ވަނީ ބުނެފައެވެ. ހަމަލާތަކާ ގުޅިގެން އީރާނުގެ ހާރިޖިއްޔާއިން ބުނެފައިވަނީ، އެޤައުމުން އިސްރާއީލަށް ހަމަލާދޭނެ ކަމަށާއި އެކަން ކުރާނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ.

އިސްރާއީލުން ހަމަލާތައް ދީފައިވަނީ އިލާމްއާއި ޚުޒެސްތާނުގެ ތަންތަނަށެވެ. އިސްރާއީލުން ބުނީ ހަމަލާތައް އަމާޒުކުރީ އީރާނުެ އަސްކަރިއްޔާގެ މަރުކަޒުތަކަށް ކަމަށެވެ.

އިސްރާއީލުގެ ހަމަލާތަކާ ގުޅޭގޮތުން އީރާނުން ވަނީ ހަމަލާތަކުގައި މާބޮޑެތި ގެއްލުންތަކެއް ލިބިފައިނުވާކަމަށް ބުނެފައެވެ. އަދި ގިނަ ހަމަލާތައް ވަނީ އީރާނުގެ މިސައިލްތަކުން ދިފާއުވާ ސިސްޓަމުން ވައިގެ ތެރެއަށް ގޮއްވާލާފައިކަމަށްވެސް އެގައުމުން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.