ރަހާ ރިސޯޓް
ހަބަރު
27 Oct 2024 | 14:41
ބީއެމްއެލުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދެއްކުމުން ރީކޯ މޫސަގެ ހެވީލޯޑުގެ 3 ރަށް ވިއްކާލަނީ

ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން، ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކުގެ ހެވޯ ލޯޑް މޯލްޑިވްސްއަށް ލ.އަތޮޅުން ދީފައިވާ 3 ރަށް ވިއްކާލުމަށް ބޭންކުން އިއުލާނުކޮށްފިއެވެ.

ބީއެމްއެލުން ވިއްކާލުމަށް އިއުލާނުކޮށްފައިވަނީ، ލ އަތޮޅު ފަރެސް، ކުޑަ ފަރެސް އަދި ބޮޑުހުރާއެވެ.

މީގެ ތެރެއިން ފަރެސް އަދި ކުޑަ ފަރެސް ޓޫރިޒަމަށް ބޭނުންކުރާއިރު، ބޮޑުހުރާ ބޭނުންކުރަނީ ދަނޑުވެރިކަމަށެވެ. 

ބީއެމްއެލުން ކުރި އިއުލާނުގައިވަނީ އެ ރަށްތައް ވިއްކާލުމަށް ދެ އޮޕްޝަނެއް ދީފައެވެ. 

ފުރަތަމަ އޮޕްޝަނުގައި ވާގޮތުން ތިންރަށް އެއްކޮށް ގަތުމަށް އެންމެ ކުޑަކޮށް ހުށަހެޅޭނެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 23.3 މިލިއަން ޑޮލަރެވެ.

ފަރެސް އައިލެންޑާއި، ކުޑަފަރެސް ވަކިވަކިން ގަތުމަށް ހުށަހެޅޭއިރު، ދެ ރަށަށް ވަކިން އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހަޅަންޖެހެނީ 23.2 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ބޮޑުހުރާ ވަކިން ގަންނަ ނަމަ އެންމެ ކުޑަކޮށް ހުށަހެޅެނީ 23.2 މިލިއަން ޑޮލަރެވެ.

ސިވިލްކޯޓުގެ ހުކުމަށް ބަލާއިރު، ހެވީލޯޑުން ލޯނުގެ ގޮތުގައި ބީއެމްއެލުން ނަގާފައިވަނީ، 11 މިލިއަން ޑޮލަރެވެ. 

ބީއެމްއެލުން ބުނީ، އެ ރަށްތައް ގަތުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އަންނަ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުގެ 12 ޖެހުމުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނޭ ކަމަށެވެ.

ރީކޯ މޫސަގެ މަސްލަހަތު އޮންނަ ހެވީލޯޑަށް ލ.އަތޮޅުން ތިން ރަށް ސަރުކާރުން، ދީފައިވަނީ ތިލަފުށި ބިންހިއްކުމުގެ މަޝްރޫޢުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.