ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން
ހަބަރު
27 Oct 2024 | 20:04
ހަށިވިއްކަން އުޅުނު ބަޔަކު އަނެއްކާވެސް އަތުލައިގަަަނެ، އެއްބަޔަކު ޑީޕޯޓްކޮށްފި

ރާއްޖެއައިސް ފުޅާދާއިރާއެއްގައި ހަށިވިއްކަން އުޅުނު ބަޔަކު އަނެއްކާވެސް އަތުލައިގަަަނެ، އެއްބަޔަކު ޑީޕޯޓްކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިހިނގާ އޮކްޓޫބަރު މަހުގެ ތެރޭގައި ހާއްސަ އިންސްޕެކްޝަން ތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި މިފަދަ 05 މައްސަލައަކާއި ގުޅިގެން ބިދޭސީ 7 އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ 2 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އިމިގްރޭޝަނުން ބުނީ، މި މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 05 އަންހެނަކު އަދި 01 ފިރިހެނަކު މިހާރު ވަނީ ޑީޕޯޓުކޮށްފައިވާކަމަށެވެ. އަދި އަނެއް 3 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމުގައި އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި އެންމެ ގިނައިން އަތުލައިގަނެވޭ މީހުންގެ ތެރޭގައި ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިދޭސީން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ހަށިވިއްކާ ތަންތަނާ ބެހޭގޮތުން މީގެ ކުރިން ދާހިލީ ވަޒީރު އިހްސާނު ވިދާޅުވެފައިވަނީ މާލޭގައި ހިންގާ ގިނަ ސެލޫންތަކާއި ސްޕާތަކުގައި ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި، އެގޮތުން އެފަދަ 111 ތަނެއް ފާހަގަކުރެވިފައިވާކަމަށެވެ.

ވަޒީރު ވިދާޅުވެފައިވަނީ ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދަނީ ރާއްޖެއިން ބޭރުން ގެންނަ އަންހެން މަސައްކަތްތެރިންނާއި ޓޫރިސްޓު ވިސާގައި މީހުން އެތެރެކޮށްގެން ކަމަށެވެ.

ރާއްޖެ ގެންނަ ބިދޭސީންލައްވާ މަސާޖު ޕާލަރު ތަކުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުވާ ދިވެހިންނާ ދެކޮޅަށް ހިޔުމަށް ޓްރެފިކިންގ ގެ ތަހުގީގެއް ކުރުމާއެކު، އެމީހުން ޖޫރިމަނާކޮށް ޕާސްޕޯޓު ހިފަހައްޓާނެ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިހުސާން ވަނީ މިއަހަރުގެ އޮގަސްޓްމަހު ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.