އެއާ އަރަބިއާ ފްލައިޓް ވީއައިއޭގައި.. ފޮޓޯ/އެއާ އަރަބިއާ
ހަބަރު
27 Oct 2024 | 20:37
އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އެކުވެރި އަރަބި އިމާރާތަށް ނިސްބަތްވާ، އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އެއާ އަރަބިއާގެ ދަތުރުތައް ފަށާފައިވާއިރު، މިއަދު އައި އެ އެއާލައިނުގެ ފްލައިޓަށް ވަނީ ވޯޓަރ ސެލިއުޓެއް ދީފައެވެ.

މި ފްލައިޓަށް މަރުހަބާ ކިޔާފައިވަނީ، އެމްއޭސީއެލް އަދި އެމްއެމްޕީއާރުސީގެ އިސް ވެރިންނެވެ.

އެއާ އަރަބިއާގެ ފްލައިޓަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގެ ތެރެއިން.. ފޮޓޯ/އެމްއޭސީއެލް

އެއާ އަރަބިއާ އަކީ ޔޫއޭއީގެ ބަޖެޓް އެއާލައިނެކެވެ. އެއާ އަރަބިއާގެ ދަތުރުތައް ރާއްޖެއަށް ފަށާނޭކަން އެ އެއާލައިނުން ވަނީ މިއަހަރުގެ ޖުލައިމަހު އާއްމުކޮށްފައެވެ. އެއާ ރަބިއާއިން ވީއައިއޭއަށް ދުވާލަކު ފްލއިޓެއް ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް ކުންފުނީގެ އޭ-320 މަރުކާގެ ބޯޓުތައްކަމަށްވެސް އެއާ އަރަބިއާއިން ބުނެއެވެ.

ޔޫއޭއީގެ އެއާ އަރަބިއާގެ ދަތުރުތައް ފެށުމާ ގުޅިގެން މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ، މި ދަތުރުތަކުގެ ސަބަބުން މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނޭ ކަމަށެވެ. އަދި މިއީ އެ ސަރަހައްދުގައި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް މަގުފަހިވެގެންދާނޭ ކަމެއްކަމަށް ޝިއުރީ ފާހަގަކުރެއްވިއެވެ.

އެއާ އަރަބިއާގެ ފްލައިޓަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާގެ ތެރެއިން.. ފޮޓޯ/އެމްއޭސީއެލް 

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓްމަހުގެ ނިޔަލަށް މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް 57,434 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން ޔޫއޭއީން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 11,406 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.