ހޯކްސްގެ ބޯޓެއް
ހަބަރު
27 Oct 2024 | 21:44
ހޯކްސްގެ ބޯޓަކުން ރާއްޖެއަށް ވަގަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓޫންތަކެއް އަތުލައިގެންފި

ރާއްޖެއަށް ތެލުގެ ބާވަތްތައް އެތެރެކުރަމުން އަންނަ ހޯކްސް ކުންފުނީގެ ބޯޓަކުން ވަގަށް އެތެރެކުރި ސިނގިރޭޓްތަކެއް ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގަށް އެތެރެކުރި ސިނގިރޭޓްތައް ކަސްޓަމްސްއިން ހިފަހައްޓާފައިވަނީ ހުކުރުދުވަހުގެ ރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރޭޓް ކާޓޫންތަކުގެ އަދަދު 2،000 އަައެވެ.

ވަގަށް ސިނގިރޭޓް ކާޓޫންތަކެއް އެތެރެކުރަނިކޮށް ހިފަހައްޓާފައިމިވަނީ، ދުންފަތް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ސިނގިރޭޓާއި ބިޑި ފަދަ ތަކެތިން އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ސިނގިރޭޓުން ނަގާ ޑިއުޓީ އަންނަ މަހުން ފެށިގެން 3 ރުފިޔާއިން 8 ރުފިޔާ ބޮޑުކުރުމަށް ނިންމާފައެވެ. އަލަށް ބޮޑުކުރާ ޓެކްސް ރޭޓުން ބަލާނަމަ އަތުލައިގަތް ސިނގިރޭޓްގެ އަގު 3.2 މިލިއަން ރުފިޔާއަށް އަރައެވެ.

މިކަމާ ގުޅިގެން ދާހިލީ ވަޒީރު އަލީ އިހުސާންވެސް ވަނީ މިފަދަ މައްސަލައެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދެއްވާފައެވެ. މި މައްސަލަ ބަލަމުންދާތީވެ، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވުނީ ކިހާ އަދަދެއްގެ ސިނގިރޭޓެއްކަން އަދި ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ހޯކްސް ކުންފުނިން ވަނީ އެކުންފުނީގެ ބޯޓަކުން ސިނގިރޭޓްތަކެއް އެތެރެކޮށްގެން ކަމާބެހޭ އިދާރާތަކުން އެކަން ބަލަމުން އަންނަކަން ފާަހަގަކޮށްފައެވެ. ހޯކްސްއިން ބުނީ މިއީ އެކުންފުންޏަށް އެނގިގެން ވީކަމެއް ނޫންކަމަށާއި، މިކަން ބަލާ ތަހުގީގްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދެމުންދާކަމަށެވެ.

ދުންފަތް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ އެއްޗެހިން ނަގާ ފީތައް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ވިއްކުންވެސް މަނާކުރުމަށް ނިންމަވާފައެވެ. 

ވޭޕް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ވޭޕުން ލިބޭ ގެއްލުންތައް ނުހަނު ބޮޑުކަމަށާއި، އެ މަނާކުރަންޖެހޭކަމަށް ރާއްޖޭގެ ޑޮކްޓަރުންގެ ޤައުމީ ޖަމިއްޔާއިން ގޮވާލާފައި ވަނިކޮށެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބެލެނިވެރިންވެސް ވަނީ ވޭޕް މަނާކުރުމަށް ޕެޓިޝަނެއްވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ.

ވޭޕް މަނާކުރަން ނިންމުމާ ގުޅިގެން، ވޭޕް އެއްޗެހި ވިއްކާ ފިހާރަތައް ބަންދުކޮށް، ބައެއް ފަރާތްތަކުން ވަނީ މަގުމައްޗަށް ނިކުމެ އިހުތިޖާޖުވެސްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.