ޓައިވާނުގެ ޓީއެސްއެމްސީ ހެޑްއޮފީސް
ހަބަރު
27 Oct 2024 | 23:18
ހުއާވޭ ކުންފުންޏަށް ޓީ.އެސް.އެމް.ސީގެ ޗިޕް ވިއްކި މައްސަލައެއް ފެންމަތިވެއްޖެ

ސެމީ ކޮންޑަކްޓަރ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ޓައިވާން ސެމީކޮންޑަކްޓަރ މެނުފެކްޗަރިން ކޮމްޕެނީ (ޓީ.އެސް.އެމް.ސީ)ގެ ޗިޕެއް، ޗައިނާގެ ހުއާވޭ ކުންފުނީގެ އޭ.އައި ޕްރޮސެސަރއަކުން ފެނުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެމެރިކާއިން ޗައިނާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަބާވުމުގެ ގޮތުން ޓީ.އެސް.އެމް.ސީ ކުންފުނީގެ ޗިޕްތައް ހުއާވޭ ކުންފުންޏަށް ނުވިއްކައެވެ. މިމައްސަލައިގައި ޓައިވާނުން ޗިޕް ފޯރުކޮށްދޭ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސޮފްގޯ ކުންފުންޏަށް ޗިޕް ވިއްކުން ޓީ.އެސް.އެމް.ސީ އިން ވަނީ މެދުކަނޑާލާފައެވެ. އެހެންނަމަވެސް ސޮފްގޯ އިން ބުނީ ހުއާވޭ ކުންފުންޏަށް ޓައިވާނުގެ ޗިޕް ނުވިއްކާކަމަށާއި، އެޗިޕަކީ އެކުންފުނިން ދިޔަ އެއްޗެއް ނޫންކަން ސާބިތުކޮށްދޭނެ ރިޕޯޓެއް މިހާރު ޓީ.އެސް.އެމް.ސީ އަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ހުއާވޭ ޕްރޮސެސަރއެއްގައި ޓީ.އެސް.އެމް.ސީ ކުންފުނީގެ ޗިޕެއް ހުރިކަން ފަޅާއަރާފައިވަނީ ޓެކްއިންސައިޓްސް ކިޔާ ޓެކްނޮލޮޖީގެ ދިރާސާކުރާ ކުންފުންޏަކުން ހުއާވޭ ކުންފުނީގެ އެޗިޕް ރޫޅާލައިގެން ބެލުމުންނެވެ. ޓީ.އެސް.އެމް.ސީގެ ޗިޕެއް ހުރިކަން އެނގުމާއެކު ޓެކްއިންސައިޓްސް އިން ވަނީ ޓީ.އެސް.އެމް.ސީ އަށް މިކަން އަންގާފައެވެ. އަދި އެކުންފުނިން ވަނީ އެމެރިކާގެ ވިޔަފާރިއާއި ބެހޭ ވުޒާރާއަށްވެސް އެހިސާބުން އެކަން އަންގާފައެވެ.

އެމެރިކާގެ ކޮމަރސް ޑިޕާޓްމަންޓުން ބުނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވެފައިވާކަމުގެ ރިޕޯޓްތަކެއް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން ތަހުގީގެއް ހިންގާކަމެއް ނުވަތަ ނޫންކަމެއް އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލައިގައި ހުއާވޭ ކުންފުނިންވެސް އަދި ޓީ.އެސް.އެމް.ސީ އިންވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ހުއާވޭ ކުންފުންޏާއި، ޗައިނާގެ އެހެން ޓެކްނޮލޮޖީ ކުންފުނިތަކުން އެހެން ގައުމުތަކުގެ ޓެކްނޮލޮޖީ ވަގަށް ނަގައިގެން ބޭނުންކުރާކަމަށާއި، ހުއްދަ ނެތި ބޭނުންކުރާކަމަށް އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަން އިން ތަކުރާރުކޮށް ތުހުމަތުކުރެއެވެ. އަދި އެކުންފުނިތަކުގެ އުފެއްދުންތަކުގެ ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު ޗައިނާ ސަރުކާރަށް ފޯރުކޮށްދޭކަމަށްވެސް ތުހުމަތުކުރެއެވެ. އެހެންނަމަވެސް ޗައިނާއިން އަންނަނީ އެކަން ދޮގުކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.